8 ފެބުރުވަރީ 2025
ދިވެހި ޔޫތު ލީގު ނިންމުމުގެ ރަސްމިއްޔާތުު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ދިވެހި ޔޫތު ލީގު ނިންމުމުގެ ރަސްމިއްޔާތުު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހަންމަދު ލަތީފް އެފްއޭއެމް ދިވެހި ޔޫތު ލީގު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ޗެމްޕިއަން ޓީމުތަކަށް މެޑަލާއި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

މުބާރާތުގައި 12، 14 އަދި 16 އަހަރުން ދަށުގެ ކެޓަގަރީތަކުން ޖުމްލަ 560 ކުޅުންތެރިން ވާދަކުރިއެވެ. 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ލިބުނުއިރު، 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކުލަބަށް ލިބުނެށް ލިބުނެވެ. 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ކުލަބު ވެލެންސިއާއެވެ.

16 އަހަރުން ދަށުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ކުލަބު ވެލެންސިއާގެ އައިދް މުހަންމަދު ޖަވީޒެވެ. އޭނާ ވަނީ 7 މެޗުން 14 ލަނޑު ޖަހާފައެވެ. މި މުބާރާތް ކުރިއަށް ދިޔައީ ނޮވެންބަރު 21 އިން ޖެނުއަރީ 28 އަށް ހެންވޭރު ދަނޑުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު