8 ފެބުރުވަރީ 2025
މިހާރު މަސްވެރިކަމުގައި ބޭނުންކުރާ ޒަމާނީ ފައިބަރު ދޯނި، ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މިއަހަރުގެ ޖަނަވަރީ މަސް މިފްކޯގެ ތާރީޚުގެ ތެރެއަށް؛ އެންމެ ގިނައިން މަސް ކިރުވި ޖަނަވަރީއަށް

މިފްކޯގެ މިދިޔަ 28 އަހަރުގެ ތާރީޚުގައިވެސް ޖަނަވަރީ މަހެއްގައި އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުކަމަށް މިފްކޯއިން ހާމަކުރައްވައިފިއެވެ.

އެކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި ޖަނަވަރީ މަހުގެ ތެރޭގައި މިފްކޯއަށް 8،324 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއީ 1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިފްކޯގެ ތާރީޚުގައި ޖަނަވަރީ މަހެއްގައި އެންމެ ގިނައިން މަސް ކިރުވި ފަހަރެވެ.

މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޑިސެންބަރ މަހާއި އަޅާބަލާއިރު %122 އިތުރުވުމެކެވެ. ޑިސެމްބަރ މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މި ވައުދު ފުއްދަން ފަށާފައިވަނީ މިދިޔަ މަސްވެރިންގެ ދުވަހުއެވެ. އަދި މި ބަދަލާއި އެކު މަހަށް ނިކުން ދޯނިތަކުގެ އިތުރުވެފައިވާކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު