ހުޅުމާލޭގައި އަންހެނުންނަށް ޚާއްޞަކޮށްގެން ދީނީ ވޯކްޝޮޕެއް ބޭއްވުމަށް މަހަލްދީބު ފައުންޑޭޝަނާއި މީޤާތު ޙައްޖު އެންޑް ޢުމްރާގެ ޖަމާޢަތުން އެއްބަސްވެ ނިންމައިފިއެވެ.
މި ވޯކްޝޮޕްގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރ އަދި ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިޔާ އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާއެވެ.
މި ދެ ޖަމްޢިއްޔާއިން ހާމަކުރިގޮތުގައި، މި ވޯކްޝޮޕްގައި އަމިއްލަ ނަފްސު އިޞްލާޙުކުރުމުގެ މަޢުލޫމާތާއި ރަމަޟާންމަހާ ގުޅުންހުރި ޝަރުޢީ ޙުކުމްތަކުގެ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ.
މި ވޯކްޝޮޕް އެކުލެވިގެންވަނީ އެކި މޮޑިއުލްތަކެއްގެ މައްޗަށެވެ. މީގެ ތެރޭގައި ނަފްސު ދެނެގަތުމާއި، އޭގެ ތަރުބިއްޔަތު، އަންހެނުންނާ ގުޅޭ ޚާއްޞަ ޙުކުމްތައް، އަދި ރަމަޟާންމަހުގެ ބަރަކާތްތައް ހޯދުމާއި އެމަހަށް ތައްޔާރުވުމުގެ މޮޑިއުލްތައް ހިމެނެއެވެ. ކޮންމެ ސެޝަނެއްގެ ފަހުބައިގައި ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މަޙަލްދީބު ފައުންޑޭޝަނުން ފާހަގަކުރިގޮތުގައި، މިފަދަ އަންހެނުންނަށް ޚާއްޞަ ވޯކްޝޮޕްތައް ވަރަށް މަދުން މެނުވީ ނުބޭއްވޭތީ، މިއީ އަންހެނުންނަށް ދީނީ ޢިލްމު އުނގެނުމަށާއި އީމާންކަން އާކުރުމަށް ލިބޭ ޚާއްޞަ ފުރުޞަތެކެވެ.
ކޮންމެ ސެޝަނެއްގައިވެސް ސުވާލާއި ޖަވާބުގެ ވަގުތު ހިމެނިފައިވާތީ، ބައިވެރިންނަށް އެމީހުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ