އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެމިލީ ކޯޓު ގުޅިގެން ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ކުރުވުމަށް ފަށާފައިވާ 'މަވައްދަތު' ސިލްސިލާގެ ދެވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާ މި ފޯރަމްގައި "ކައިވެނި ކުރެވުމާއެކު" މި މަޢުޟޫއުއަށް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު ޒާހިދުއެވެ.
މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ "ކައިވެނީގެ ކުރިން" މި މަޢުޟޫއުއަށެވެ. އެ ދަރުސްގައި މަޢުލޫމާތު ދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. އަދި މި ސިލްސިލާގެ ދެވަނަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ ""ކައިވެންޏަށް ތައްޔާރުވުން" މި މަޢުޟޫއުއަށެވެ.
މަވައްދަތު ސިލްސިލާގެ ތިންވަނަ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.