8 ފެބުރުވަރީ 2025

ރަތް ކަނޑުގައި އިޔާދަކުރަނިވި ހަކަތަ ރައްކާކުރުމަށް "އެކަށީގެންވާ" ސަރަޙައްދުތަކެއް ފާހަގަކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ ޢިލްމީ މަރުކަޒެއް ކަމުގައިވާ ކިންގް ޢަބްދުއްލާ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ކައުސްޓް) އިން ކުރި ދިރާސާއަކުން، އިޔާދަކުރަނިވި ހަކަތަ ރައްކާކުރުމަށް އެންމެ އެކަށީގެންވާ ދެ ސަރަޙައްދެއް ރަތް ކަނޑުން ފާހަގަކޮށްފިއެވެ. މި ދެ ސަރަޙައްދު ތަރައްޤީކުރުމަށް 16.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެ ކަމަށް ލަފާކުރެވެއެވެ.

"ސަޢޫދީ ޢަރަބިއްޔާގެ ކަރަންޓު އުފެއްދުމުގެ ދާއިރާ ކާބަން ބޭރުކުރުން މަދުކުރުމުގައި މޫސުމީ ޕަމްޕްޑް ހައިޑްރޯޕަވަރ ސްޓޯރޭޖްގެ ދައުރު" މި ނަމުގައި ކުރެވުނު މި ދިރާސާއިން ދައްކާގޮތުގައި، މި ސަރަޙައްދުތަކުގައި އިޔާދަކުރަނިވި ހަކަތަ ރައްކާކުރުމުގެ ނިޒާމުތައް ޤާއިމުކުރުމުން، ސަޢޫދީ ޢަރަބިއްޔާގެ ފެނާއި ކަރަންޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވޭނެއެވެ.

ސަޢޫދީ ވިޝަން 2030 ގެ ދަށުން، 2030 ވަނަ އަހަރާ ހަމައަށް ޤައުމުގެ ކަރަންޓުގެ 50 އިންސައްތަ އިޔާދަކުރަނިވި ވަސީލަތްތަކުން އުފެއްދުމަށް ސަޢޫދީ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި 2060 ވަނަ އަހަރާ ހަމައަށް ކާބަން ނިއުޓްރަލް ޤައުމަކަށް ވުމަށްވެސް ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

"ސަޢޫދީ ޢަރަބިއްޔާއަކީ އިރުގެ އަލިން އަދި ވައިން ހަކަތަ އުފެއްދުމުގެ ވަރަށް ބޮޑު ޤާބިލުކަމެއް ލިބިފައިވާ ޤައުމެއް. އަޅުގަނޑުމެން ޝައުޤުވެރިވަނީ މި ދެ ބާވަތުގެ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމުން ޤައުމުގެ ފެނުގެ ވަސީލަތްތައް ބެލެހެއްޓުމަށް ކުރާނެ ފައިދާތައް ދެނެގަތުމަށް." ދިރާސާގައި ޙަރަކާތްތެެރިވި ޔޮޝިހިދެ ވާދާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު