8 ފެބުރުވަރީ 2025

ގުރައިދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމުގެ ތެރެއިން، ކ. ގުރައިދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ރާފިޢެވެ.

ހޭންޑް ބޯލް މޯލްޑިވްސްއިން ގަބޫލުކުރާ ސައިޒަށް ފައްތައިގެން ތަރައްޤީކޮށްފައިވާ މި ކޯޓުގެ މަސައްކަތް ނިންމުމަށް އަހަރެއްހާ ދުވަސް ހޭދަވި ކަމަށް މިނިސްޓްރީން ބުނެއެވެ.

ގުރައިދޫ ހޭންޑް ބޯޅަ ކޯޓުގެ މަސައްކަތަކީ މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރު މަސައްކަތް ހުއްޓިފައި އޮތް ޕްރޮޖެކްޓެކެވެ. އެ ކޯޓުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެތެރޭގައެވެ.

ކުޅިވަރާއި ހަށިހެޔޮ ކަމާއި ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މިއީ 1.5 މިލިއަން ރުފިޔާ ހޭދަވި ޕްރޮޖެކްޓެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު