ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓުގައި ދެ އުޅަނދަށް ވުރެ ގިނަ އުޅަނދު ހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އަދި މިހާތަނަށް ފުލުހުން މި ޙާދިސާއާ ގުޅޭގޮތުން ވަކި މަޢުލޫމާތެއް ދެއްވާފައެއްނުވެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ މިރޭގެ 09:00 ޖަހާ ކަންހާއިރެވެ.
އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެ ދާ ލޭނުގެ ހައިވޭމަތިން މަގު ފުޅާވާ ސަރަހައްދުގައި ކަމަށާއި އަދި އެކްސިޑެންޓު ހިނގި ސަރަހައްދުން ކަރަކާއި ޕިކަޕެއް އޮތް ކަމަށް މަޢުލޫމާތު ދިނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބްރިޖް ހައިވޭ މަތިން ހިންގި އެކްސިޑެންޓެއްގައި މީހަކު ވަނީ މަރުވެފައެވެ.
އެ އެކްސިޑެންޓު ހިނގީ ހައިވޭ މަތިން މާލެކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް މަގުމަތީ ބައިންދާފައި ހުރި ކޯނެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.