ޣައްޒާގެ ޒަޚަމްވެފައިވާ މީހުންނަށް ޖަޕާނުން ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
ޣައްޒާގެ ޒަޚަމްވެފައިވާ ފަލަސްޠީނު ރައްޔިތުންނަށް ޞިއްޙީ ފަރުވާ ދިނުމަށް ޖަޕާނުން މަސައްކަތް ކުރަމުންދާ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ޣައްޒާގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވަރސިޓީތަކުގައި ކިޔެވުމުގެ ފުރުޞަތު ދިނުމަށްވެސް ސަރުކާރުން ވިސްނަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވަނީ ޣައްޒާގެ 2،500 ކުދިން އަވަސް ޞިއްޙީ ފަރުވާއަށް ބޭނުންވާ ކަމަށާއި، މި ކުދިން ވަގުތުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހޭ ކަމަށް ގޮވާލައްވާފައެވެ.
މިހެން ގޮވާލެއްވީ އެމެރިކާގެ ޑޮކްޓަރުންތަކެއް ޣައްޒާގެ ޞިއްޙީ ޙާލަތާ ގުޅޭ ގޮތުން ދެއްވި ވާހަކަތަކަކާ ގުޅިގެންނެވެ.