8 ފެބުރުވަރީ 2025

ރިޔާސީ ބަޔާން އިއްވާ ވަގުތު އެމްޑީޕީން އިހުތިޖާޖު ކުރަނީ

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއާ ދިމާކޮށް އިހުތިޖާޖުކުރަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

މި އަހަރަށް މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވުމަށް ބުރާސްފަތި ދުވަހަށް މަޖިލީހުގެ ޖަލްސާއެއް ވަނީ ތާވަލުކޮށްފައެވެ.

މަޖިލިސް ހުޅުވާ ޖަލްސާ ކުރިއަށްދާ ވަގުތު މަޖިލިސް ބޭރުގައި އިހުތިޖާޖުކުރަން އެމްޑީޕީން މިއަދު ވަނީ ނިންމާފައެވެ.

މަޖިލީހުގެ ތަޅުމުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވެސް މި އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.

ބުރާސްފަތި ރައީސް މުއިއްޒު އިއްވަވާނީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނެވެ. އަދި މިއީ 20 ވަނަ މަޖިލީހަށް އިއްވާ ފުރަތަމަ ރިޔާސީ ބަޔާނެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ  މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެވެ.

އެމްޑީޕީން އިހުތިޖާޖުކުރަން ނިންމާފައިވަނީ ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެންނެވެ.

އެ އިސްލާހުތަކާ ދެކޮޅަށް އެމްޑީޕީން ބޮޑު ޖަލްސާއެއް ބާއްވާފައިވާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ބޮޑު ހިނގާލުމެއް ވެސް އެމްޑީޕީން ވަނީ މިދިޔަ ހަފްތާގައި ބާއްވައިފަ އެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި ސަރުކާރު ހަމަ މަގަށް އެޅުވެންދެން އެ ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހު މުޒާހަރާކުރުމަކީ ސީދާ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާއެއް. ޕާޓީގެ މަދުބައެއްގެ ދުނިޔެވީ އެދުން އިސްކޮށް ހިންގާ އެ ޖަރީމާ ކުށްވެރިކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު