މަގުމަތީ ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި މިރޭ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހެކެވެ.
ނއެނގިފައިވާ ގޮތުގައި، ހަމަލާ ދިނީ ސައިކަލެއްގައި އިށީނދެގެން އިންދަ އެވެ. އައިޖީއެމްއެޗް ކައިރީގައި ހުރި ފުލުހަކު އެ ވަގުތު އެ ސަރަހައްދަށް ދިޔަ ނަމަވެސް ހަމަލާ ދިން މީހުން ވަނީ މާކުރިން ދުވެ ފިލާފައެވެ. އެ މީހުން ސައިކަލްގައި ފިލައިގެން ދާން އުޅެނިކޮށް ސައިކަލް ސްޓާޓް ނުވުމުން ފިލައިގެން ދިޔައީ ދުވެފައި ކަމަށް ވެސް އެނގިފައިވެ އެވެ.
ފުލުހުން ވިދާޅުވީ، ހަމަލާގައި ޒަހަމްވީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
މިކަން ހިނގާފައިވާއިރު، މާލޭގައި މިއަދު ވަނީ ކެފޭއެއްގެ ބަދިގެ ތެރޭގައި ވެސް އެތަނުގެ ބިދޭސީ ދެ މުވައްޒަފަކު އެކަކު އަނެކަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފައެވެ.