8 ފެބުރުވަރީ 2025
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކް

ދިއްދޫ ކައުންސިލާއި ގުޅިގެން ޕޮލިޓެކްނިކްގެ ތަމްރީނުތަކެއް ފަށަނީ

މޯލްޑިވިސް ޕޮލިޓެކްނިކްގެ ފަރާތުން ހއ.ދިއްދޫ ކައުންސިލާއި ގުޅިގެން އެރަށުގައި ރެފްރިޖޭޝަން އެންޑް އެއަރ ކޮންޑިޝަން އަދި ފެޝަން ޑިޒައިން އެންޑް ޓެއިލަރިންނގ ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ދިވެހިރާއްޖެއަށް ބޭނުންވާ ތަފާތު އެކި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ޕޮލިޓެކްނިކުން އަންނަނީ މިފަދަ އެތަށް ކޯސްތަކެއް ފަރުމާކޮށް، ހިންގަމުންނެވެ. އެގޮތުން، ކަރަންޓު މަސައްކަތްތަކާއި ވަޑާންކުރުމާއި، ކޭކް ޑިޒައިނިންގ ފަދަ ދާއިރާތަކުން ތަމްރީނުވުމުގެ ފުރުޞަތު ޕޮލިޓެކްނިކުން ހުޅުވާލައިފާ ވަނީ އެއްވެސް ފީއަކާއި ނުލައި މުޅިން ހިލޭއެވެ.

މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތަމްރީނުވާ ދިވެހި ޒުވާނުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން، ޕޮލިޓެކްނިކް މެދުވެރިކޮށް އަތޮޅު ތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމަށް، އެކި ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ތަފާތު ތަމްރީނު ޕްރޮގްރާމްތަށް ވަނީ ފަށައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު