އަޅުގަނޑުމެންނަށް ވަރަށް ކައިރިން ފެނިގެން މިދިޔައީ ރައީސް 1 އަހަރު ދުވަހު ކުރެއްވި މަސައްކަތްތައް ކަމަށާއި، ބައިނަލްއަޤްވާމީ ގޮތުން ކުރި ގުޅުންތައް ރަނގަޅުކޮށް ކުރަންޖެހޭ މުޢާމަލާތްތައްކޮށް ރައްޔިތުންނަށް ފައިދާވާ ކަންކަން ހޯދައިދިނުން ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ބޭއްވި ހާއްސަ ފޯރަމްގައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި މި ފޯރަމްގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވަނީ މިއަދު ރައީސް އިއްވެވި ރިޔާސީ ބަޔާނަކީ ފަހުގެ ތާރީހެއްގައި އެންމެ ތަފްޞީލީކޮށް ރައްޔިތުންނަށް ބޭނުންވާކަންކަން ހިމެނިގެން ހުށައެޅުއްވި ރިޔާސީ ބަޔާންކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ރިޔާސީ ބަޔާނުގައި ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރިއަށްގެންދަވާނެ ގޮތް ހިއްސާކުރައްވާފައިވާކަމަށެވެ. މީގެއިތުރުން ރައީސްގެ ޕްލޭނަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިޤްތިޞާދު ފުޅާކުރެއްވުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށް ކައިރިން ފެނިގެން މިދިޔައީ ރައީސް 1 އަހަރު ދުވަހު ކުރެއްވި މަސައްކަތްތައް. ބައިނަލްއަޤްވާމީ ގޮތުން ކުރި ގުޅުންތައް ރަނގަޅުކޮށް ކުރަންޖެހޭ މުޢާމަލާތްތައް ކޮށް ރައްޔިތުންނަށް ފައިދާވާ ކަންކަން ހޯދައިދިނުން." މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.



