ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއްޔާގައި 40 ވަނަ އުފަންދުވަސް ފާހަގަކޮށްފި

ޕޯޗުގީޒް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ 40 ވަނަ އުފަންދުވަސް ސައުދީ އަރަބިއްޔާގައި ފާހަގަކޮށްފިއެވެ. މި އުފާވެރި މުނާސަބަތު ފާހަގަކުރުމަށް އޭނާގެ އާއިލާއާއި ރަހުމަތްތެރިން ބައިވެރިވެފައިވެއެވެ.

ރިޔާދުގައި މަޝްހޫރު ޖަޕާނީ ރެސްޓޯރަންޓެއް ކަމުގައިވާ ނޮޒޯމީގައި ބޭއްވުނު މި ޚާއްޞަ ޙަފްލާގައި ޕިއުޓޯ ރިކޯގެ ފަންނާނު ރައުވް އަލެޖަންޑްރޯ ޚާއްޞަ ޕަރފޯމަންސްއެއް ދެއްކިއެވެ. މީގެ އިތުރުން، އަލް-ނަސްރު ކްލަބުން ރޮނާލްޑޯއަށް ޚާއްޞަ އުފަންދުވަހުގެ ކޭކެއް ހަދިޔާކޮށްފައިވެއެވެ.

ރޮނާލްޑޯގެ އަނބިކަނބަލުން ޖޯޖީނާ ރޮޑްރިގެޒް އިންސްޓަގްރާމްގައި ޝާއިޢުކުރި ޕޯސްޓެއްގައި ވަނީ ރޮނާލްޑޯއަށް އުފަންދުވަހުގެ ހޫނު މުބާރަކްބާދީއެއް އަރިސްކޮށްފައެވެ.

އަދި ސައުދީ އަރަބިއްޔާގެ ފަރާތުންވެސް މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރިޔާދުގެ އެކި ސަރަޙައްދުތަކުގައި ހުރި ބިލްބޯޑުތަކުގައި ރޮނާލްޑޯއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު