ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
ފުލުހުން ހޯދަމުން ދަނީ މުޙައްމަދު ތިބްޔާން ޝަހީން، ގ. ސީވޭވް، މާލެ (24އ) އެވެ.
މުޙައްމަދު ތިބްޔާން ޝަހީން ހޯދަމުން ދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އަދަބު ތަންފީޒުކޮށްދިނުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 ފެބްރުވަރީ 9 ވަނަ ދުވަހުގެ 13:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މުޙައްމަދު ތިބްޔާން ޝަހީން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރަށްށް ގުޅުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.