11 ފެބުރުވަރީ 2026

ނ. މާފަރު އެއަރޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢު: މުހިންމު މަރުޙަލާއެއް ނިމުމަކަށް

ނ. މާފަރު އެއަރޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން، ރަންވޭ އޭޕްރަންގެ ސީ އާއި ޑީ އަދި ޓެކްސީވޭގެ ސީ އާއި ޑީ ގެ ސަބްބޭސް އަދި ސަބްްގްރޭޑްގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި، ނ. މާފަރު އެއަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން، ރަންވޭ އޭޕްރަންގެ ސީ އާއި ޑީ އަދި ޓެކްސީވޭގެ ސީ އާއި ޑީ ގެ ސަބްބޭސް އަދި ސަބްްގްރޭޑްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، މިވަގުތު ކުރިއަށްދަނީ އޭޕްރަން ޑީ ގައި ތާރު އެޅުމުގެ މަސައްކަތްކަމަށް އެމްޓީސީސީން އިތުރަށް ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުގެ ސަބަބުން، ނ. މާފަރު އެއަރޕޯޓްގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު