11 ފެބުރުވަރީ 2026
ޤާސިމް އިބްރާހިމް ބިނާކޮށްދެއްވި މަސްޖިދުއްޒިކުރާ ހުޅުވުން--

މާމިގިލީގައި ޤާސިމް މިސްކިތެއް ބިނާކޮށްދެއްވައިފި

މާމިގިލީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް، މާމިގިލީގައި މިސްކިތެއް ބިނާކޮށްދެއްވައިފިއެވެ.

މިމަސްޖިދުއް ޒިކުރާގެ ނަމުން ނަންދީފައިވާ މި މިސްކިތް ހުޅުވައިދެއްވީ ޤާސިމް އިބްރާހިމެވެ. މި މިސްކިތް ހުޅުވާފައިވަނީ ހުކުރު ދުވަހުގެ މަޣުރިބު ނަމާދަށެވެ.

މާމިގިލީ ކައުންސިލުން ވިދާޅުވީ މި މިސްކިތް ބިނާކޮށްފައިވަނީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި މިސްކިތް ބިނާކުރުމަށް ހޭދަވީ 57 ދުވަސް ކަމަށެވެ. މިސްކިތުގެ ބިންގާ އަޅާފައިވަނީ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

ޤާސިމް އިބްރާހީމްގެ ޚަރަދުގައި މާމިގިލީގައި އިތުރު ދެ މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އަރިއަތޮޅުގެ އެކި ރަށްރަށުގެ މިސްކިތްތައް ބިނާ ކުރުމަށާއި މަރާމާތުކުރުމަށް ޤާސިމް އިބްރާހީމް ގެންދަވަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. ޤާސިމް އިބްރާހީމް ވަނީ އއ. ތޮއްޑޫގައި ވެސް މިސްކިތެއް ބިނާކޮށްދެއްވާފައެވެ.

މާމިގިލީގައި އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު