މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމަށް އެ ކުންފުނީގެ ބޯޑުގައި އިންނެވި ސިނާން އަލީ އައްޔަންކޮށްފިއެވެ.
މައުލޫމާތު ލ،ިބޭ ގޮތުގައި، އޭނާ އައްޔަންކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
އޭނާ އެ މަޤާމަށް ޢައްޔަންކުރައްވާފައިވާއިރު، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސްޓެލްކޯގެ ޗެއާމަނެއްގެ މަގާމަށް އައްޔަނުކޮށް، މަދު ދުވަސްކޮޅެއް ތެރޭ ވަނީ ބޯޑު މެންބަރަކަށް ބަދަލުކޮށްފައެވެ. އެއާއެކު އައިލޭންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަން ވެސް ސިނާން ކުރެއްވިއެވެ.
ސިނާނަކީ ނޫސްވެރިކަމުގެ ދާއިރާގައި ވެސް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި، ސިނާނަކީ އޭނާގެ އަމިއްލަ ނޫސްކަމަށްވާ "ވަން" އޮންލައިނުގެ ސީއޯއޯއެެވެ.