ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ %77 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މާފަރު އެއާޕޯޓް ހުޅުވާފައި ވަނީ ޑިސެމްބަރު 1، 2019 ގައެވެ.
އެމްޓީސީސީން ވިދާޅުވީ މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއުގެ %77 މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައިވާ ކަމަށެވެ.
ރަންވޭ އޭޕްރަން ސީ އާއި ޑީ އަދި ޓެކްސީވޭ ސީ އާއި ޑީ ގެ ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ނ. މާފަރު އެއަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢުގެ %77 މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މިގޮތުން، ރަންވޭ އޭޕްރަން ސީ އާއި ޑީ އަދި ޓެކްސީވޭ ސީ އާއި ޑީ ގެ ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.#MTCCProjects #RayyithungeKunfuni pic.twitter.com/DAw0eMHoZu
— MTCC Plc (@MTCCPlc) February 20, 2025
މި އެއާޕޯޓަކީ އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓްގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ. މި އެއާޕޯޓްގެ ރަންވޭގެ ޓެސްޓްކުރުމަށް މިދިޔަ މަހުގެ ތެރޭގައި ވަނީ ޖައްސައިފައެވެ.
ރާއްޖޭގައި ހުރި އެއާޕޯޓުތަކުގެ ތެރެއިން އެންމެ ރީތި އެއް އެއާޕޯޓަކީ ވެސް މާފަރު އެއާޕޯޓެވެ.



