30 އެޕްރީލް 2025

އަންހެން ފަނޑިޔާރުން ތިބި ސުޕްރީމް ކޯޓުގެ ބެންޗު ވަރަށް އިންސާފުވެރި: ޑރ. އިޔާޒް

ސުޕްރީމް ކޯޓުގެ މިހާރުގެ ބެންޗުން ނިންމާ ނިންމުންތަކަކީ ވަކި ފަރާތަކަށް ބުރަނުވާ އިންސާފުވެރި ނިންމުންތަކެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ފާހަގަކުރައްވައިފިއެވެ.

ޑރ. އިޔާޒް މިފަދައިން ވިދާޅުވެފައިވަނީ، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅުންހުރި މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުންދާ ދަނޑިވަޅެއްގައި، ކޯޓުގެ މިނިވަންކަމަށް އަސަރުކުރާނެ ފަދަ ކަންކަން ހިނގަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

"ސުޕްރީމް ކޯޓުގެ ބެންޗަކީ އެއިރަކު ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ ބަޔަކު ބޭނުން ގޮތަކަށް ކުޅޭ ކުޅިބިމަކަށް ހެދިގެން ނުވާނެ،" ޑރ. އިޔާޒް ވިދާޅުވިއެވެ.

އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައިވެސް މިފަދަ ކަންކަން ހިނގާފައިވާކަމަށާއި، އޭގެ ނަތީޖާ ވަރަށް ހިތިވެގެން ދިޔަކަން ޑރ. އިޔާޒް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިހާރުގެ ހާލަތު މިގޮތަށް ދެމިގެންދާނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުއާ ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ޖަލަށްލުމަކީވެސް ގާތްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވީ މިފަދަ މުންކަރާތްތަކަށް ކެރިގެން "ނޫނެކޭ" ބުނަން ޖެހޭކަމަށާއި، ޙަޤީޤަތް ފާޅުނުކޮށް ހަނުހުރުމަކީ ޚިޔާނާތެއް ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކުރީގެދީނީޢިލްމުވެރިޔާ ފަޞީލަތު ދުއްތޫރު މުޙައްމަދުޢިޔާޒު ޢަބްދިއްލަޠީފަކީމިހާރުކޮންކަހަލަ ޢިލްމުވެރިއެއްތޯ ހަމައަހާލީ،�

  2. "ކުރީގެ ދީނީ ޢިލްމުވެރިޔާ" ކުރީގެ ދީންތަކުގެ ޢިލްމުވެރިޔަކީތޯ ނޫނީ ކުރިން ދީން ދަންނަ ޢިލްމުވެރިއަކަށް ހުރެފައި އިސްތިއުފާދިނީތޯ ނޫނީ ހަނދާން ފޮހެވުނީތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު