ރައްޔިތުންނަށް ބޮޑުކަމެއް ނުކޮށްދެވޭއިރު، މުޅި ނިޒާމު ފުނޑަމުންގޮސް ސްޕްރީމް ކޯޓުގައި އަތްލުމުން ދެން ހިމޭނަކުން ނުތިބެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އެންމެ ފަހު ބަސް ބުނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު ވަނީ ހުށަހަޅުއްވާފައެވެ. މިއީ އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. އެ ބިލްގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތެވެ.
މި ބިލާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބެންކޮކުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ އިމްރާން ވިދާޅުވީ ރައްޔިތުންނަށް ފައިދާއެއް، ހެޔޮކަމެއް ކޮށްދީ، ދައުލަތުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދޭތޯ އެއްޗެއް ނުބުނެ ވަރަށް ކެތް ކުރި ކަމަށެވެ.
"ރައްޔިތުންނަށް ބޮޑުކަމެއް ނުކޮށްދެވޭތާ މުޅި ނިޒާމު ފުނޑަމުންގޮސް ސްޕްރީމް ކޯޓުގައި އަތްލީމާ ދެން ހިމޭނަކުން ނުތިބެވޭނެ،". އިމްރާން ވިދާޅުވިއެވެ.
މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއެކު ޖުމްލަ ހަތް ފަނޑިޔާރުންނެވެ. މި ހުރިހާ ފަނޑިޔާރުން އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކޮށް، އޭރުގެ ބެންޗު އެއްކޮށް ބަދަލުކުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވިއެވެ.
މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައިވަނީ ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތައް ބާޠިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް މިހާރު ދަނީ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބަލަމުންނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އެހެންވިއްޔާ އަންނަންވީނު ބައާވާތްކޮން އަނިޔާވެރިވާން ކުރިންވެސް ރަހުމެއްނެތި ޕޮލިހުންނަށް ކޮއްލި އަނިޔާ މީނައިސްވެހުރެގެން މަކަރުވެރި ހިޔާނާތްތެރިޔާ ރަހުމުގެ ކަންފުޅެއްވެސް ނެއް އިންސާނިޔަތޭ މިކިޔާއެއްޗެއް ނުވެސްއެގޭ ބޮޑު މަކަރުވެރިއެއް
ޕޮލިހުންނަށްކުރި އަނިޔާއޭ. ބަލަ ރައްޔިތުންނަށް ޕޮލިހުންނުކުމެ އަނިޔާކުރީ. މިއަދު ތިއޮތް ފުލުހުންގެ އިދާރާއަކީ ބަގާވާތްކޮށްގެން ތިބި ބައެއް.
އިމޫއަށް އިރު ފެންނަނީ ހުޅަނގުން އެކަނިތޯ؟
މަޖިލީހުގެ މެމްބަރުން މަދު ކުރުމަށާއި މުސާރަ ކުޑަ ކުރަން ބިލެއް ހުށަހަޅަ ބަލަ..
ފޭކު އިމުރާނު ހިމޭނުން ނުހުރެވިގެންގޮސް‘ ތެޅުނުވަރަށް ހުޅުބު ފައިބާނީ ފޭކު އިމުރާނޭ ބުމުގެ ހައްގު އެބައޮތް ސަބަބު އިސްލާއުއްމަތުގައި އަމުރު މައުރިފާކުރީ ކޮންއިރަކު ކަން އިމުރާނަށް ނޭގުމީ އެއްވެސް އެއްޗެށް ނޭގޭކަމުގެ ފޭކު އިމުރާނު ތެޅިތެޅި ހުޅުބުކޮޅު ދުއްވާނުލާ މަޑުން ހުރުން މާރަގަޅުވާނެ.
ކަލޭ ތީ ފިލަިއިގެން އުޅޭމީހެއް އަވަހަށް އާދޭ
މިތާކައް އަންނާނެ ކަމެއްނެއް މިތާކު ނޫޅޭ ލޭޑީބޯއީންނެއް އެހެންވީމަ ކަލެއަކައް ކަމަކުނުދާނެ އެއްނުން މިހާރު ނޭނގެ ކުރީގަ ކަލޭމެން ގެންގުޅުން އަލަމްގިރިވެސް ވީތަނެއް ެ
5 މީހުންވެސް ގިނަ 4 މީހުންނަށް ބަދަލުކުރަންޖެހެނީ އޭރު އެތައްމިލިއަންރުފިޔާ އެހެންކަންކަމަށް ބޭނުންކުރެވޭނެ