30 އެޕްރީލް 2025

އެންމެ ރީތި ޙަޤީޤީ ލޯބީގެ ވާހަކަ އަބަދަށް! (2)

އިއްޔެގެ ނޫހާއި ގުޅޭ….

ޙަދީޘެއްގައި ބަޔާން ވެގެންވެއެވެ. "ޖިބްރީލް (ޢަލައިހިއްސަލާމް) ނަބިއްޔާ (ﷺ) ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. 'އޭ ﷲ ގެ ރަސޫލާއެވެ. ޚަދީޖާ ތިބާގެ އަރިހަށް ކާއެއްޗެހި އަދި ބުއިމެއް އެކުލެވޭ ތަށިތަކަކާއެކު އެބަ އާދެއެވެ. އެކަމަނާ ތިބާގެ އަރިހަށް އަންނަ ހިނދު، އެކަމަނާއަށް އެކަމަނާގެ ވެރިރަސްކަލާނގެ ފަރާތުން އަދި އަހަރެންގެ ފަރާތުން ސަލާމާއި ޝަރަފުގެ ޚަބަރު އިއްވަވާށެވެ. އަދި އެކަމަނާއަށް ސުވަރުގޭގައި މުތުން ހަދާފައިވާ، އެއްވެސް އަޑުގަދަކަމެއް ނުވަތަ ބުރަ މަސައްކަތެއް ނެތް ގެއެއްގެ އުފާވެރި ޚަބަރު އެކަމަނާއަށް ދެއްވާށެވެ." (ބުޚާރީ އަދި މުސްލިމް).

ލޯބިވުމަކީ ހަދިޔާއެކެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނިޝާންތަކުގެ ތެރެއިން ނިޝާނެކެވެ. އަދި އަޅުގަނޑުމެންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެކެވެ. އެއީ އަހަރުމެންގެ މޫޑަށް ބަލައިގެން އަންނަ އަދި ދާ އެއްޗެއް ނޫނެވެ. އެއީ އަބަދުވެސް އަޅުގަނޑުމެންގެ ހިތުގައި ދެމިހުންނަ އެއްޗެކެވެ. ލޯބިން އެއް ހިތް އަނެއް ހިތާ ގުޅު ގުޅުވައިދެނީ އެކުވެރިކަމާއި، އީމާންތެރިކަމާއި އަދި އުފާވެރިކަމުގެ އިހުސާސަކުންނެވެ. ލޯބީގެ އުފާވެރިކަމަކީ އެހެން އެއްވެސް އެއްޗަކާ އަޅާކިޔޭނެ އެއްޗެއް ނޫނެވެ. އެއީ ވަކި ޚާއްޞަ އެއްޗެކެވެ. ލޯބިވުމުން ކެތްތެރިކަމާއި، ތަޙައްމަލުކުރުމާއި އަދި މަޢާފުކުރުން ގެނެސްދެއެވެ. ލޯބީގައި، މީހުން ﷲ ގެ ރުހިވޮޑިގަތުމަށްޓަކައި ހުރިހާ އެއްޗެއް ޤުރުބާންކުރެއެވެ.

އަހަރެންގެ އަނބިމީހާ މަޑުކޮށްލާފައި އަހަރެންގެ ލޮލުގައި ކަރުނައިން ފުރިފައިވަނިކޮށް އެލޮލަށް ބަލައިލިއެވެ. އޭނާ އަހަރެންގެ ލޮލުގައިވާ ކަރުނަތައް  ފުހެލާ ދިނެވެ. އަދި އަހަރެންވެސް އޭނާގެ ކަރުނަތައް ފުހެލާދިނީމެވެ. އޭގެ ފަހުން އަހަރެން އޭނާއާއި ސުވާލުކުރީމެވެ. "ތިބާ އޭނާގެ ގަނޑުވަރަށް އޭނާއާއެކު ދާން ބޭނުންތޯއެވެ." އަހަރެން ބުނި އެއްޗެއްގެ އޭނާއަށް ސާފުނުވާތީ، އަހަރެންގެ ގާތުގައި އަހާލިއެވެ. "ކޮންތާކަށް؟" އަހަރެން ޖަވާބު ދިނީމެވެ. "ޖަންނަތަށް  އިން ޝާ ﷲ!" އަހަރެންގެ އަނބިމީހާ ޖަވާބު ދިނެވެ. "އާނއެކެވެ، އަހަރެން ތިބާއާއެކު ޖަންނަތުގައިވާ ތިބާގެ ގަނޑުވަރަށް ދާން ބޭނުމެވެ އިން ޝާ ﷲ."

ލޯބިވުމުގައި ވަރަށް ގިނަ މާނަތައް ވެއެވެ. ލޯބިވުމަކީ އިހުސާސެކެވެ. ލޯބިވުމަކީ ޤުރުބާންވުމެކެވެ. ލޯބިވުމަކީ ޝަރުޠެއްނެތި ކުރާ ކަމެކެވެ. އެއިން ދެމީހުން ގާތްކޮށްދެއެވެ. ނަމަވެސް، ވަގުތު ފާއިތުވުމާއެކު އެ ކަނޑިގެންދެއެވެ. އެއީ އަޅުގަނޑުމެންގެ ހިތާމައިގެ ސަބަބަކަށް ވެގެންދެއެވެ. މީހާ މަރުވުމުން ލޯބި މަރުވެގެންދެއެވެ.

ނަމަވެސް ޙަޤީޤީ ލޯބި އަބަދުވެސް އަޅުގަނޑުމެންގެ ހިތުގައި ދިރިގެން އޮވެއެވެ. އޭގެ އަލި އަބަދުވެސް އަޅުގަނޑުމެންގެ އެތެރޭގައި ދިއްލިފައި ހުރެއެވެ. އަޅުގަނޑުމެން ލޯބިވާ މީހާއާ ބެހޭގޮތުން ވާހަކަދައްކަނީ އެއީ އަލަށް ފެށުނު އައު ކަމެއްގެ ގޮތުގައެވެ، އުމުރަކަށް ބެލުމެއް ނެތިއެވެ. އަޅުގަނޑުމެންގެ އަނބިމީހާ ނުވަތަ ފިރިމީހާ ލޯބިވާ މީހުންނަށް އަޅުގަނޑުމެންވެސް ލޯބިވާން މަޖުބޫރުވެއެވެ. އަޅުގަނޑުމެން ލޯބިވަނީ އަޅުގަނޑުމެންނަށް އެމީހުންނަށް އަޅާލުން ހުއްޓާނުލެވޭ ހިސާބަށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެމީހުންނަށް ޢިއްޒަތްތެރިކަން ދެމެވެ. ލޯބިވެރިވުމަކީ އުޑުގައި ފިޔަގަނޑާއެކު ވުމެވެ.

އިބްނު ޙަޒްމް ލޯބީގެ ޠަބީޢަތް ބަޔާންކުރައްވަމުން ވިދާޅުވެފައިވެއެވެ. "ލޯބީވުމުގައި ﷲ ތިބާއަށް މަތިވެރިކަން ދެއްވާށިއެވެ! ލޯބީގެ ފުރަތަމަ ބައި ވަނީ މަޖާ ކުރުމެވެ. އަދި އެންމެ ފަހު ބައި ވަނީ ފުރިހަމަ ސީރިއަސްކަމެވެ. އޭގެ ތަފާތު ސިފަތައް އެހާ މަތިވެރިވެގެންވެއެވެ، އެ ސިފަތައް ބަޔާންކުރަން އެހާ ނާޒުކުވެގެންވެއެވެ. އޭގެ ޙަޤީޤަތް ދެނެގަނެވޭނީ ހަމައެކަނި އަމިއްލަ ތަޖުރިބާއިންނެވެ. ލޯބިވުމަކީ ދީނުގައި މަނާކުރެވިފައިވާ ކަމެއް ނޫނެވެ. އަދި ޝަރީޢަތުގައިވެސް މަނާކުރެވިފައިވާ ކަމެއް ނޫނެވެ. އެހެނީ ކޮންމެ ހިތެއްވެސް ވަނީ ﷲ ގެ އަތްޕުޅުގައެވެ." (ޠައުޤުލް ޙަމާމަހް).

ޙުއްބު އަކީ ލޯތްބަށް ކިޔާ ޢަރަބި ބަހެވެ. އަދި އެއީ ޙާ (ح) އަދި ބާ (ب) އަކުރުތަކުން އެކުލެވިގެންވާ ބަހެކެވެ. އިތުރު ނުކުތާއެއްގެ ގޮތުގައި، ޢަރަބި ބަހުގެ ރީތިކަން ދެނެގަތުމަށް، ޙުއްބު ކިޔާއިރު، ޙާ އަންނަނީ ވަރަށް އަޑީން (ލޯބިވެރިވުމުން ހަނިކަށިވާ ފަދައިން) އަދި ބާ އިން ނިމޭއިރު ތުންފަތް ބައްދަލުވަނީ ބޮސްދިނުމެކޭ އެއްފަދައިންނެވެ.

އިމާމް އިބްނުލް ޤައްޔިމް (رحمه الله) ގެ "ރައުޟަތުލް މުޙިއްބީން" ފޮތުގައިވާ ގޮތުން، "ލޯބިވުމަކީ އިންސާނިއްޔަތަށް ދެއްވާފައިވާ އިލާހީ ހަދިޔާއެކެވެ. ނަފްސުގެ ޖޯޝުގެ ސީރަމްއެކެވެ. އަދި ހިތުގެ އެންމެ އަޑީގެ އަލީގެ މަހާނައެވެ. އެއީ ފަސޭހަކަމާއެކު ދެމިގެންދާ އަދި ދިގު މުއްދަތެއްގެ އުންމީދުގެ މަންޒަރުގައި ހިމެނޭ އެއްޗެކެވެ. ދިރިއުޅުމުގެ އެންމެ ފުން ކޯރުތަކުގައި ދެމިހުންނަ އެއްޗެކެވެ. ފުރަތަމަ ނޭވާއެކޭ އެއްފަދައިން، އެއީ ޢިއްޒަތްތެރި މުޤައްދަސްކަމާއެކު އަންނަ އެއްޗެކެވެ، އަދި މަރު ދިރުމަށްވުރެ ބާރުގަދަވަންދެން ނުހުއްޓެއެވެ. އަދި ބައެއްފަހަރު ދުލުގައި ބަރުވި، އަތުން ގެންގުޅެން އުނދަގޫވިޔަސް، އެއީ ކޮންމެ މަޚްލޫޤެއްގެ ހޭނެތުމުގައި އޮންނަ އެއްޗެކެވެ.

މިއީ ޙަޤީޤީ ލޯބީގެ ވާހަކަ އެވެ. ދުނިޔޭގައި ޙަޤީޤީ ލޯބިވެރިންގެ ގޮތުގައި ކިޔާ އުޅޭ ރޯމިޔޯ ޖޫލިއެޓް ނުވަތަ ލައިލާ މަޖުނޫނު އަދި ދިވެހީންގެ ތެރޭގައި ކިޔާ އުޅޭ ދޮންހިޔަލައާއި އަލިފުޅުގެ ވާހަކަ އަކީ ޙަޤީޤީގެ ލޯބީގެ ވާހަކައެއް ނޫންކަން ލޮބުވެތި ރަސޫލާ (ﷺ) އާއި ޚަދީޖަތުގެފާނުގެ ވާހަކައިން އެނގެއެވެ. ޙަޤީޤީ ލޯތްބަކީ ކުފުރު މަރަކުން މަރުވުމެއް ނޫނެވެ. އެއީ އަބަދުގެ އަބަދަށް ދެމީހުން އެކުގައި ވުމެވެ. ދުނިޔޭގައި ނެތް ނަމަ އާޚިރަތުގައި ޖަންނަތުގައި އަބަދުގެ އަބަދަށް އެކުގައި ވުމެވެ.
– ނިމުނީ –

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު