ޕީޖީ އަލްއުސްތާޛް ޢައްބާސް ޝަރީފް ނޫސްވެރިންނާ ބައްދަލުުކުރައްވަނީ، ފޮޓޯ: ޕީއެސްއެމް

ޚިދުމަތްތައް ވީހާވެސް އަވަސްކޮށް އިތުބާރު ހިފޭގޮތަކަށް ފޯރުކޮށްދޭން މިދަނީ މަސައްކަތްކުރަމުން: ޕީޖީ އޮފީސް

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއެކު އަދި އިތުބާރުހިފޭ ގޮތެއްގައި ފޯރުކޮށްދިނުމަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ އޮފީހުން ހާމަކުރައްވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުންނަށް ދެމުންދާ ޚިދުމަތްތައް އަވަސް، ފަސޭހަ އަދި އިތުބާރުހިފޭ ގޮތެއްގައި ފޯރުކޮށްދިނުމަށް އަމާޒުކޮށް، ޓެކްނޮލޮޖީގެ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން ޕްރޮސެކިއުޝަންގެ މަސައްކަތްތައް އޮޓޮމޭޓްކުރުމުގެ 93 އިންސައްތަ މަސައްކަތް ވަނީ 2024 ވަނަ އަހަރު ނިމުނުއިރު ފުރިހަމަކުރެވިފައެވެ.

އެ އިދާރާއިން ފާހަގަކުރައްވާ ގޮތުގައި، މުވައްޒަފުންނާ ގުޅުންހުރި ސްޓާފް ޕޯޓަލްގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމި، ގިނަ މޮޑިއުލްތަކެއް ބޭނުންކުރަން ފެށިފައެވެ. އަދި 2023 ވަނަ އަހަރު ތަޢާރަފުކުރެވުނު އެޕީލް މޮޑިއުލް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްތައްވެސް ވަނީ 2024 ވަނަ އަހަރުގައި ކުރެވިފައެވެ.

މީގެއިތުރުން، ފުލުހުންގެ މުއައްސަސާއިން ތަޙުޤީޤުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި މުއްދަތު އިތުރުކުރުމުގެ މަސައްކަތްތައް އޮޓޮމޭޓްކުރުމަށް ބޭނުންވާ މޮޑިއުލްވެސް ވަނީ 2024 ވަނަ އަހަރުގައި ތައްޔާރުކޮށް ބޭނުންކުރަން ފެށިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު