ފެންބޮޑުވެ ނަޖިސް ބޭރުވުމުގެ ސަބަބުން 4 ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ވިއްސާރައިގެ ސަބަބުން މާލެއާއި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، ފެންބޮޑުވެ ނަޖިސް ބޭރުވުމުގެ ސަބަބުން 4 ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރިއަށް އެބަ ގެންދެއެވެ.
އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކ. އަތޮޅުގެ 5 ރަށެއްގައާއި، އދ. މާމިގިލި، ދ. މީދޫ އަދި ފ. ނިލަންދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދެވެއެވެ. މާލޭގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނެވިފައިވާތީ، މާލޭގެ ފެން ހިންދުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލާފައިވެއެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް 16,911 ޓަނުގެ ފެން ހިންދާފައިވާއިރު، މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލި ބަސްތާ ޖަހައިދީފައިވެއެވެ.