މާލެއިން 16،911 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ.
މާލޭގައި ބޯކޮށް ވެހުނު ވާރޭއާ ގުޅިގެން އެމްއެންޑީއެފުން ވަނީ 16،911 ޓަނުގެ ފެން ހިންދާފައެވެ. މި މަސައްކަތުގައި 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލި ބަސްތާ ޖަހައިދީފައިވެއެވެ. މިހާރު މާލޭގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނެވި، ފެން ހިންދުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލާފައިވެއެވެ.
އަދި މިވަގުތު ކ.ހުރާ، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ތުލުސްދޫ، ކ.މާފުށި އަދި އދ.މާމިގިލީގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއަށް ގެންދަމުންދެއެވެ.