އަންހެނުން ނަމާދު ކުރުމުގައި އެންމެ ހެޔޮވެގެންވަނީ ގޭގައި ކަމަށް އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ. އަދި ގޭގައިވެސް ޖަމާޢަތުގައި ނަމާދު ކުރެވިދާނެ ކަމަށް އުސްތާޒާ ފާހަގަކުރެއްވިއެވެ.
ފޭސްބުކުގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ތަރާވީސް ނަމާދާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން، އަލްއުސްތާޛާ ސާމިޔާ ވިދާޅުވީ ޚަތިމް ކުރުމަށްޓަކައި މުޞްޙަފް ނުވަތަ އައިޕެޑު ކައިރީގައި ބަހައްޓައިގެން އަދި ފޯނުން ބަލައިގެން ވެސް ޤުރުއާން ކިޔެވިދާނެ ކަމަށެވެ.
"ފޯނުން ޤުރުއާން ކިޔަވާއިރު ފޯނު ފުލައިޓް މޯޑަށް ލާން އެބަޖެހޭ. އެއީ ނޯޓިފިކޭޝަނާއި މެސެޖާއި ކޯލްގެ ސަބަބުން ނަމާދުގެ ޚުޝޫޢަތް ގެއްލުނަ ނުދިނުމަށް،" އުސްތާޛާ ވިދާޅުވިއެވެ.
އަންހެނުންނަށް މިސްކިތަށް ދިއުމަކީ ހުއްދަ ކަމެއް ކަމަށް ވިދާޅުވިއެވެ، ނަމަވެސް ޖަމާޢަތުގެ އަދަބުތަކަށް ރައްކާތެރިވުމަށް އުސްތާޛާ އިރުޝާދު ދެއްވިއެވެ. މި ގޮތުން ޚާއްޞަ ގޮތެއްގައި ސަފުހެދުމުގައި ސަމާލުކަން ދިނުމަށް އުސްތާޛާ އިރުޝާދު ދެއްވާފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ނަމާދުގެ ޖަމާއަތް ހަމަ ނިމޭއިތަށް އަންހެންވެރިން އެފަށަނީ އަޑުގަދަކޮށް ހީސަކަރާތްޖަހަން މުޅި މިސްކިތުގައި އަޑުހިއްޕާލާފައި. މިވަރު ކަމެއް ނުފެނޭ ފިރިހެނުންގެ ކިތަންމެ ޖަމާއަތް ބޮޑުވިޔަސް. ރަނގަޅުކޮށްލަންޖެހޭ އެބަ މިކަން.