30 އެޕްރީލް 2025
އިސްލާމިކް ސެންޓަރ، ފޮޓޯ: ސޯޝަލް މީޑިއާ

ފަހު ދިހައެއްގައި މާލޭގެ 34 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން، ރަމަޟާންމަހުގެ ފަހު ދިހައެއްގައި މާލޭގެ 21 މިސްކިތަކާއި، ވިލިމާލޭގެ 3 މިސްކިތަކާއި، ހުޅުމާލޭގެ 10 މިސްކިތެއްގައި ދަމުނަމާދު ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ. މީގެ ތެރޭގައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތްވެސް ހިމެނެއެވެ.

އިސްލާމީ މަރުކަޒުގައި ދަމުނަމާދު ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠީފެވެ. އަދި ސަލްމާން މިސްކިތުގައި ދަމުނަމާދު ކުރައްވާނީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިން، އަލްޙާފިޒް މުޙައްމަދު މިޝްއަލް އާޡިމް އަދި އަލްޙާފިޒް އަޙްސަން ސަޢީދެވެ. މިސްކިތްތަކުގައި ދަމުނަމާދު ފެށުމަށް ހަމަޖެހިފައިވަނީ މެންދަމު 2:00 އިންނެވެ.

މީގެއިތުރުން، ރަމަޟާންމަހުގެ ފަހު ދިހައެއްގައި މާލޭގެ 15 މިސްކިތެއްގައާއި، ވިލިމާލޭގެ މިސްކިތެއްގައި އަދި ހުޅުމާލޭގެ 7 މިސްކިތެއްގައި އިޢުތިކާފަށް ތިބުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. އިޢުތިކާފަށް އިންނަ ފަރާތްތަކުން 20 ވަނަ ދުވަހު އިރުއޮއްސުމުގެ ކުރިން މިސްކިތަށް ވަދެ، ޝައްވާލު މަހުގެ ހަނދު ފެނުމާ ހަމައަށް މަޑުކުރަންޖެހޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު