ރަމަޟާން މަހުގެ ފަހު ފަނަރައުގެ ޢުމްރާގެ އަޅުކަމަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ ޢުމްރާވެރިން ފުރައިފިއެވެ.
ރަމަޟާން މަހުގެ ފަހު ފަނަރައިގެ އުމްރާއަށް މި ފަހަރު ޖުމްލަ 357 މީހުން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާގެ އަޅުކަމަށް ދަތުރުކުރެއެވެ. އަދި މުޅި ރަމަޟާން މަހުގެ ޢުމްރާގެ އަޅުކަމަށް ގޮސް ތިބި 220 ޢުމްރާވެރިން ސަޢުދިގައި އެބަތިއްބެވެ.
އުމްރާވެރިންނަށް މާލެއިން ފުރައިގެން ޖިއްދާއަށް ދެވޭނީ 5 ގަޑިއިރުގެ ދަތުރަކަށްފަހުއެވެ. އަދި ޖިއްދާ އެއަރޕޯޓުން، މައްކާ ހޮޓަލަށް 2 ގަޑިއިރުގެ ދަތުރެއް ބަހުގައި ކުރާނެއެވެ.
އެއަށްފަހު ޢުމްރާވެރިން ފުރަތަމަ ޢުމްރާ މިއަދު ފުރިހަމަކުރާނެއެވެ. މުޅި މި ދަތުރުގައި މަދުވެގެން 3 ޢުމްރާ ކުރުމުގެ ފުރުޞަތު ޢުމްރާވެރިންނަށް ލިބޭނެއެވެ.