30 އެޕްރީލް 2025
ޑރ. ވަހީދު ރައީސް ކަމުގެ ހުވާކުރައްވަނީ

ވެރިކަމާ ހަވާލުވީ އެވަގުތު ޤައުމަށްޓަކައި އޮތް އެންމެ ރަނގަޅު ގޮތްކަމަށް ވާތީ: ރައީސް ޑރ. ވަހީދު

ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ އަމިއްލަފުޅު ފައިދާއަށް ވިސްނާވަޑައިގެން ނޫންކަމަށާ، އެކަންކުރެއްވީ އެއީ އެވަގުތު ޤައުމަށްޓަކައި ކުރެވެން އޮތް އެންމެ ރަނގަޅު ގޮތްކަމަށް ވާތީކަމުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "އެވެރިން" ޝޯވގެ ދެވަނަ އެޕިސޯޑުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަނބިކަނބަލުން އިލްހާމް ހުސައިންގެ ޚިދުމަތްތައް ފާހަގަކޮށްފައިވެއެވެ.

ޑރ. ވަހީދު ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ 1988 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލައްވައިގެންނެވެ. އެއީ ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމަށް މަގުފަހިވަމުން އައި ދުވަސްވަރެކެވެ.

7 ފެބްރުއަރީ 2012 ގައި ރާއްޖެއަށް ކުރިމަތިވި ސިޔާސީ ހާދިސާއާ ގުޅިގެން ރައީސްކަމާ ހަވާލުވެވަޑައިގަތް ޑރ. ވަހީދު، އެ ދުވަސްވަރު ސިފަކުރައްވާފައިވަނީ ޑިމޮކްރަސީގެ ދަތުރުގެ ވަރަށް ކުރީކޮޅުގެ ގޮތުގައެވެ. އެ ނާޒުކު ދަނޑިވަޅުގައި ޤައުމަށް ޚިދުމަތްކުރުމަށް ކުރިއަށް ވަޑައިގަތީ އަމިއްލަ ފައިދާއަކަށް ނޫންކަމަށް ވިދާޅުވެފައިވެއެވެ.

"ވެރިކަމާ ހަވާލުވީކީ އަމިއްލަ ފައިދާއަކަށް ވިސްނައިގެނެސްވެސްނޫން. ސިޔާސީ ހަޔާތުގައި ދެން ކުރިއަށް އޮތްތަނުގައި އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަސަރެއްވެސް ކުރި. ކުރަމުންވެސްދޭ، އެކަންކުރީ އެވަގުތަށް އެންމެ މުހިންމު ދެވެން އޮންމެ މުހިންމު ޚިދުމަތްކަމަށް ދެކިގެން" ޑރ.ވަހީދު ވިދާޅުވިއެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ އެއީ ދިވެހިރާއްޖެއަށް ކުރިމަތިވި ވަރަށް އުނދަގޫ ނުރައްކާތެރި އަދި ޚުޠޫރަތްތެރި ވަގުތެއްކަމަށާ އެކަން ރަނގަޅަށް މެނޭޖުނުކުރެވުނުނަމަ ވަރަށްބޮޑު ގެއްލުންތަކެއް ރާއްޖެއަށް ވީސްކަމަށެވެ. ސިޔާސީ ދާއިރާއަށް ވަންނަނީ ޤައުމަށް ޚިދުމަތް ކޮށްދިނުމަށް ކަމަށާ، ޤައުމީ ލީޑަރުންނަކީ ޤައުމުގެ ޚާދިމުންކަމަށް ރައީސް ޑރ.ވަޙީދު ވިދާޅުވިއެވެ. އެއީ އަމިއްލަ އެދުމެއް އޮވެގެން ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، ޤައުމުގެ މަސްލަހަތަށްޓަކައި ޤައުމުގެ ގިނަބައެއްގެ ލާބަޔާއި މަންފާއަށްޓަކައި ކޮށްދޭން ޖެހޭ ޚިދުމަތެއްކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ވަހީދުގެ ވެރިކަމުގެ މައިގަނޑު އެއް މަޤްޞަދަކީ ޑިމޮކްރަސީ އަނބުރާ ޓްރެކަށް އެޅުވުމެވެ.

އެމަނިކުފާނުގެ ހުރިހާ މަސައްކަތެއްގައިވެސް އަނބިކަނބަލުން އިލްހާމް ހުސައިންގެ އެހީތެރިކަމާއި ހިތްވަރު ލިބިވަޑައިގަންނަވާކަން ފާހަގަކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު