30 އެޕްރީލް 2025
ވަކީލު އައިޝަތު އާޒިމާ ޝަކޫރު

ކުޑަކުދިންތަކެއްގެ ކަރާމާތް ނަގާލާފައިވާތީ އެމްޑީޕީއާއި ފައްޔާޒު އަދި މަންދިއާ ދެކޮޅަށް ކޯޓަށް ދަނީ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާއި އެ ޕާޓީގެ ޗެއާޕާސަން އާއި އަދި އެޕާޓީގެ މަޖިލިސް މެންބަރު މީކާއީލް ނަސީމްގެ މަންމަ މަތިޔަމް ޒުބައިރު ގޮވައިގެން ކޯޓަށް ދިޔުމަށް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާއިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން މިއަދު އެ ޢާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު އާޒިމާ ޝުކޫރު ވިދާޅުވީ މިވަގުތު ދަޢުވާ ކުރަނީ މިދެންނެވި ތިން ފަރާތަށް ކަމަށާއި މިވަގުތު ދަނީ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގައި ދިރާސާ ކުރަމުން ކަމަށް ވިދާޅުވިއެވެ.

އުމެއިރަށް 16 އަހަރުވީ މިއަހަރު ކަމަށާއި، އެމްޑީޕީން ބޭއްވި މުޒާހަރާގައި ރައީސް ޑރ. މުޢިއްޒުގެ ދަރިފުޅާއި ގުޅުވައިދެއްކި ސާބިތު ނުހިފޭ ވާހަކަތަކާއި ގުޅިގެން ފިޔަވަޅު އެޅުމަށް މިވަގުތު ގަސްދުކޮށްފައިވަނީ މިދެންނެވި 3 ފަރާތަށް ކަަމަށާއި، ނަމަވެސް އިތުރު ބަޔަކަށް ފިޔަވަޅު ނާޅާނެއެކޭ ނުދެންނެވޭނެ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ފަރާތުން މައްސަލަ ހުށަހަޅަން މިހާހިސާބަށް ގަސްދު ކޮށްފައި މިއޮތީ މަރިޔަމް ޒުބައިރު، ފައްޔާޒް އިސްމާއީލް އަދި އެމްޑީޕީގެ މައްޗަށް. އޭގެ އިތުރަށް އަޅުގަނޑުމެން އެއްވެސް ފަރާތަކަށް ފިޔަވަޅު ނާޅާނަމޭކޭވެސް ނޫން… ޤާނޫނީ ވަކީލުން މައްސަލަ ދިރާސާ ކުރަމުން ދަނީ. އަޅުގަނޑުމެން މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ކުރިން އަޅުގަނޑުމެން ނަގާ އެގްޒެކްޓް ޤާނޫނީ ނުކުތާތަކެއް ހާމައެއް ނުކުރާނަން،” ޤާނޫނީ ވަކީލު އާޒިމާ ޝުކޫރު ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ރެޔާއި ދުވާލު އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ރައީސް މުޢިއްޒުގެ ޢާއިލާއަށް ފުރައްސާރަ ކުރަމުންނެވެ. އެގޮތުން ރޭ ވެސް އެންމެ 8 އަހަރުގެ ކުއްޖަކަށް ވެސް ފުރައްސާރަ ކުރިކަން އާޒިމާ ފާހަގަ ކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު