30 އެޕްރީލް 2025
ސްޓެލްކޯގެ ޢިމާރާތް

ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ، މައްސަލަ ޙައްލުކުރަނީ

ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

މިއަދު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. މި މައްސަލައާ ގުޅޭގޮތުން ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.

ސްޓެލްކޯއިން ބުނީ މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކޮށް، އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި. މައްސަލަ ދެނެގަނެ ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލުކޮށް، އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯއިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާ ކަމަށާއި ވީހާވެސް އަވަހަކަށް ޚިދުމަތް އަނބުރާ ގެނެސްދޭނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު