މާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފިއެވެ
މިއަދު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ. މި މައްސަލައާ ގުޅޭގޮތުން ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.
ސްޓެލްކޯއިން އޭރު ބުނީ މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކޮށް، އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި. މައްސަލަ ދެނެގަނެ ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލުކޮށް، އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯއިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާ ކަމަށާއި ވީހާވެސް އަވަހަކަށް ޚިދުމަތް އަނބުރާ ގެނެސްދޭނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.