15 ޖަނަވަރީ 2026
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 40 ވަނަ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން، 2024، ފޮޓޯ: މަޖިލިސް

މަޖިލީހަކީ ސަރުކާރުން އަންގާ ގޮތަށް މަސައްކަތްކުރާ ތަނެއް ނޫންކަން ސާބިތުވެއްޖެ: ފަލާހު

ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް ނަމަވެސް މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުވަތަ ސަރުކާރުން އަންގާހާ ގޮތަކަށް މަސައްކަތް ކުރާ މަޖިލީހެއް ނޫން ކަން މިއަދު ސާބިތުވެއްޖެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލައްވާފައެވެ. އަނބުރާ ފޮނުވައިލެއްވީ ގާނޫނުއަސާސީއާ ފުށުއަރާ ކަންކަން ހުރި ކަމަށް ބަންޑާރަ ނައިބު ލަފާދެއްވާފައިވާތީއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވަނީ، ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް ނަމަވެސް މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ކޮންމެ ކަމެއް ފާސްކުރާ ތަނެއް ނޫންކަން މިކަމުން ސާބިތުވެއްޖެ ކަމަށެވެ. އަދި މި ބިލް އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް އެމަނިކުފާނު ހުށަހަޅުއްވާފައިވެއެވެ.

އެމްޑީޕީގެ މެންބަރުން ފާހަގަކުރައްވާ ގޮތުގައި މި ބިލަކީ ގާނޫނުއަސާސީއާ ޚިލާފު ބިލެއްކަން ކުރިން ވެސް ފާހަގަކުރެވިފައިވާ ކަމެކެވެ. މި ބިލް ފާސްކުރެވިފައިވަނީ ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއް ހުއްޓުވުމަށް ކަމަށް ބައެއް މެންބަރުން ތުހުމަތުކުރައްވައެވެ. މިހާރު ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރެވިފައިވުމާއެކު އެ މައްސަލަ ވަނީ ހުއްޓިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު