10 ފެބުރުވަރީ 2026
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން މިސަރުކާރުން ފުޅާކޮށް ދީފައިވާކަމަށް މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ

ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން މިސަރުކާރުން ފުޅާކޮށް ދީފައިވާކަމަށް މެންބަރު ވިލިމާލެ ދާއިރާގެ މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެފައިވަނީ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް ޙައްޤެއް ހަނިނުކުރާނެ ކަމަށެވެ. އަދި ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން މިސަރުކާރުން ވަނީ ފުޅާކޮށް ހުޅުވާލައިދީފައި ކަމަށެވެ.

އެމްޑީޕީގެ އެކްޓިވިސްޓް މަންދީއަށް ރޭ ދިން ކަޅުތެޔޮ ހަމަލާއަށް އިޝާރަތްކުރައްވައި، މުޙައްމަދު އިސްމާޢީލް އިތުރަށް ވިދާޅުވެފައިވަނީ "ދިވެހި އެއްވެސް ރައްޔިތަކަށް މިބާވަތުގެ އެއްވެސް ގެއްލުމެއް ދިނުމަށް  ޕީއެންސީން ތާއީދު ނުކުރާނެ" ކަމަށެވެ. އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިފަދަ ކަންކަން ކަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޤާނޫނުން މަތިކޮށްފައިވާ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.

އިސްމާޢީލް ވަނީ މިފަދަ ކަންކަމަކީ އެތެރެއިން ރާވައިގެން ކުރިއަށް ގެންދެވޭ ކަންކަން ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ޕީއެންސީގެ މެންބަރުން މިފަދަ ކަންކަމާ އިންތިހާއަށް ދެކޮޅު ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އިސްމާޢީލް ވިދާޅުވެފައިވަނީ ރައީސް މުޢިއްޒުގެ ސަރުކާރުގައި ތިއްބަވާނީ "ރައީސް މުޢިއްޒު ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަން ރަނގަޅަށް ދަންނަ، އެކަންކަން ސާފުކޮށް އެނގިލައްވާ ބޭފުޅުން" ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ ދިވެހި ރައްޔިތުންދެކެ އިންތިހާއަށް ލޯބިފުޅުވާ އޯގާތެރި ވެރިއެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު