30 އެޕްރީލް 2025
މެދު އިރުމަތީގެ މަޝްހޫރު ޔޫޓިއުބަރ ޚާލިދު އަލް އަމޭރީ މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރަނީ

މެދު އިރުމަތީގެ މަޝްހޫރު ޔޫޓިއުބަރ ޚާލިދު މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރަން ފަށައިފި

އެމްއެމްޕީއާރުސީން މެދު އިރުމަތީގެ މަޝްހޫރު ޔޫޓިއުބަރ ޚާލިދު އަލް އަމޭރީ މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ހަރަކާތުގެ ދަށުން ރަމަޟާން މަހު ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ ތަޖުރިބާތައް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެއެވެ.

މިމަހުގެ 22 އިން 26 އަށް ރާއްޖޭގައި ހުންނާނެ ޚާލިދު، ކޮންމެ ދުވަހަކު ޕޯސްޓްތައް ކުރާނެއެވެ. މީގެ ތެރޭގައި ގޮނޑުދޮށުގައި ރޯދަވީއްލުން ފަދަ ސަގާފީ އާދަކާދަތަކާއި މެދުއިރުމަތީގެ ފަތުރުވެރިންނަށް ޚާއްސަ ލަގްޒަރީ ތަންތަން ހިމެނޭނެއެވެ.

21 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބޭ ޚާލިދު އަލް އަމޭރީއަކީ އިސްލާމީ އާދަކާދަތަކާއި މުޖުތަމަޢުގެ އަސާސްތައް ފުޅާކުރުމަށް މަސައްކަތްކުރާ، މީހުން ގަޔާވާ ގޮތަށް ވާހަކަ ހުށަހެޅުމުގެ ހުނަރުވެރިއެކެވެ. މިއީ މެދުއިރުމަތިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރެވޭ މަސައްކަތެއް ކަމާއި، މިހާރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 3.9 އިންސައްތައަކީ މެދުއިރުމަތީގެ ފަތުރުވެރިންކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު