ޔޫކްރެއިން އަދި ރަޝިޔާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ވަގުތީ ހުއްޓުމަކަށް ގެނައުމަށްޓަކައި އެމެރިކާ އަދި ޔޫކްރެއިންގެ އިސް ވަފުދުތަކެއް މިއަދު ސަޢޫދީ އަރަބިއްޔާގައި ބައްދަލުވުންތަކެއް ބާއްވައިފިއެވެ. އެމެރިކާގެ ރައީސް ޓްރަމްޕް މި މަޝްވަރާތަކުން ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދުކުރައްވާއިރު، ރަޝިޔާއިން ވަނީ މިއީ ދަތި މަޝްވަރާތަކަކަށް ވެގެންދާނެކަމަށް އިންޒާރުދީފައެވެ.
ޔޫކްރެއިންގެ ދިފާއީ ވަޒީރު ރުސްތަމް އުމެރޮވްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްދާ މި މަޝްވަރާތަކުގައި، ހަކަތައިގެ ވަސީލަތްތަކާއި މުހިންމު އަސާސީ ވަސީލަތްތައް ހިމާޔަތްކުރުމާ ގުޅޭ ހުށަހެޅުންތައް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޓެކްނިކަލް ގޮތުން އެތައް ދަތި މައްސަލަތަކެއްގެ މައްޗަށް މަޝްވަރާކުރެވެމުންދާކަމަށްވެސް ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ ކަޅު ކަނޑުގައި ދެ ގައުމުގެ މެދުގައި ހިނގާ ހަނގުރާމަ ހުއްޓުވުމަށް މަގުފަހިވެ، އޭގެ ސަބަބުން މުޅި ހަނގުރާމަ ހުއްޓުވުމަށް މަގުފަހިވެގެންދާނެކަމަށެވެ.
ރަޝިޔާގެ ރައީސް ވްލަދިމީރް ޕުޓިން ވަނީ އެމެރިކާ އަދި ޔޫކްރެއިން ގުޅިގެން ހުށަހެޅި 30 ދުވަހަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ބަލައިނުގަނެ، ހަމައެކަނި ހަކަތައިގެ ވަސީލަތްތަކަށް ދެވޭ ހަމަލާތައް ހުއްޓާލުމަށް ހުށަހަޅުއްވާފައެވެ. އަދި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާ-ރަޝިޔާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ 2022 ވަނަ އަހަރު އެއްބަސްވެވުނު ކަޅު ކަނޑުގެ ހިޔާގެ އެއްބަސްވުން އައުކުރުމާ ގުޅޭގޮތުންކަމަށް ޕެސްކޮވް ވިދާޅުވިއެވެ.
މި މަޝްވަރާތައް ކުރިއަށްދާއިރުވެސް، ދެފަރާތުގެ މެދުގައި ހަމަލާތައް ދެމުންދާކަން ފާހަގަކުރެވެއެވެ. ރޭގައި ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށަށް ދިން ހަމަލާއެއްގައި 3 އާންމު ރައްޔިތުން މަރުވެފައިވާއިރު، ޔޫކްރެއިންގެ ޑްރޯން ހަމަލާއެއްގައި ރަޝިޔާގެ 2 މީހުން މަރުވެފައިވާކަމަށް އިއްޔެ އިއުލާނުކުރިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ޓުރަންޕު އާއެކު މަސްވަރާ ކުރަން އެއީ ވަރައް ބޮޑު ގޯހެއް ޓުރަންޕު އެއީ މުސްލިމުން ނައް އޮތް ބޮޑު ބިރެއް ކަމައް ގަބޫލު ކުރަނީ އެމެރިކާ އާއި އިޒުރޭލު މީ މުސްލިމުންގެ ލޭބޯ ދެގައުނު މިހާރު މިދެގައުމުގަ މިތިބަ ދެޖަނަވާރުން ނަކީ މުސްލިމުންނާ އެއްމޭޒުގަ ބައްދަލުކޮށް ވާގަކަ ދައްކާ ވަރައްވުރެ ނުބައި ނުލަފާ ދެ ޖަނަވާރު ހީކުރަނީ އީރާނުން ޓުރަންޕު އަށް ނޯ ބުނާނެ ކަމައް އީރާނުން ކުރަންވި ކަމަކީ ގާޒާގެ ސަލާމަތައް ހަނގުރާމަ އަށް ނުކުނެ އިޒުރޭލާ ޓުރަންޕުގެ ސިފައިން މަރާ ހުސްކުރަންވީ މިވަގުތު މީ އެންމެ ރަގަޅު ވިސްނުމަކީ
ސައުދީން ރަގަގަލުވާނީ ޔޫކުރޭން އާ ރަސިޔާ ހަދާނެ ގޮތެއް ހަދަން ދޫކޮށްލުން އެކަމާ ޓުރަންޕު އާ ވާހަކަ ނުދައްކާ ސައުދީން މުސްލިމުންނައް އެކުރާ އަނިޔާއާ މެދު ވިސްނާފަ ޤާޒާގެ ސަލާމަތައް ވާހަކަ ދައްކާ ކުރިއަށްދޭ ހައްލަކީ ޤާޒާ މިނިވަން ކުރުން އެއީ މުސްލިނުންގެ ވާޖިބެއް ކަމުގާ ދެކެނީ ރަސިޔާ ޔޫކުރޭން ގެ ހަނގުރާމަ ކޮށް ޔޫކުރޭން ނަށްތާލަން މުހިންމު މުސްލިމުންނައް ޓުރަންޕު އަށް ނޯބުނޭ ގާޒާ ގެ މުސްލިމުން ސަލާމަތައް ވާހަކަ ދައްކާ އެއީ ހައްލު ކުރަން އޮތް ކަމަކީ