30 އެޕްރީލް 2025

ސޫދާނުގެ އިރުމަތީ ޚަރުތޫމުގައި ހުރި މިސްކިތަކަށް ދިން ހަމަލާއެއްގައި 5 މީހުން މަރުވެއްޖެ

ސޫދާނުގެ އިރުމަތީ ޚަރުތޫމުގައި ހުންނަ މިސްކިތަކަށް ޕެރަމިލިޓަރީން ދިން ހަމަލާއެއްގައި 5 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެކަމަށް އެ ގައުމުގެ ޑިމޮކްރަސީއަށް ތާއީދުކުރާ ވަކީލުންގެ ގްރޫޕަކުން ހޯމަ ދުވަހު ބުނެފިއެވެ. މިއީ ސިފައިން ޚަރުތޫމުގެ މައި ސަރަހައްދު އަނބުރާ ހޯދުމަށްފަހު އާންމު ރައްޔިތުންނަށް ދެވުނު ދެވަނަ ހަމަލާއެވެ.

ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ އީސްޓް ނައިލް ސަރަހައްދުގައި ހުންނަ މިސްކިތެއްގައި މަޣްރިބު ނަމާދަށް ޙާޟިރުވެ ތިބި މީހުންނަށެވެ. 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިނގަމުންދާ ހަނގުރާމައިގައި ސިފައިންނާއި އާރްއެސްއެފްގެ އަނިޔާވެރި ޢަމަލުތައް ރެކޯޑުކުރަމުންދާ އިމަޖެންސީ ލޯޔަރސް ނެޓްވޯކުން މިކަން ހާމަކޮށްފައިވެއެވެ.

މިއީ ހުކުރު ދުވަހު ސިފައިންގެ ބޮޑު އޮޕަރޭޝަނެއްގައި އާރްއެސްއެފްއިން ޚަރުތޫމުގެ މައި ސަރަހައްދާއި ރައީސްގެ ގަނޑުވަރު ގެއްލުމަށްފަހު، އާންމުންނަށް ދެވުނު ދެވަނަ ހަމަލާއެވެ.

އާރްއެސްއެފްގެ އާޓިލަރީން އޮމްދުރްމާންއަށް ދިން ހަމަލާގައި އާންމުގެ 3 މީހުން މަރުވެފައިވެއެވެ. މިއީ ފާއިތުވި މަސްތަކުގައި ދެވުނު އެންމެ ބޮޑެތި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާކަމަށް ބުނެއެވެ.

ގާތްގަނޑަކަށް ދެ އަހަރާ ގާތްވަމުންދާ މި ހަނގުރާމައިގައި ދެހާހަކަށް މީހުން މަރުވެ، 12 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ފިލާފައިވެއެވެ. އަދި މިއީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ބަނޑުހައިހޫނުކަމާއި ހިޖުރަކުރުމުގެ ހާލަތް ކަމުގައި ބެލެވެއެވެ.

ފާއިތުވި ދުވަސްތަކުގައި ސިފައިންނާއި އެމީހުންނާ ގުޅިފައިވާ ހަތިޔާރުއެޅި ގްރޫޕްތަކުން ޚަރުތޫމުގެ ސަރުކާރުގެ ސަރަހައްދުތައް އަނބުރާ ހޯދާފައިވީ ނަމަވެސް، އާރްއެސްއެފްއިން  އެއަރޕޯޓާއި ވެރިރަށުގެ ދެކުނާއި ހުޅަނގު ސަރަހައްދުތައް ބާރުގެ ދަށަށް ގެނެސްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު