30 އެޕްރީލް 2025

އިސްރާއީލުން ޖެހިލުންވާ އެކަކީ އަޑުއުފުލަމުންދާ އާޓިސްޓް ޝަދެން ޤައުސް

ޖެރޫސަލަމްގެ އޯލްޑް ސިޓީގައި ދިރިއުޅޭ 22 އަހަރުގެ އާޓިސްޓް އަދި އެކްޓިވިސްޓް ޝަދެން މޫސާ ޤައުސް އަކީ އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލާތީ އެބައިމީހުން އަމާޒުކުރަމުންދާ ފަލަސްތީނުގެ އެފްރޯ-ފަލަސްތީނު އަންހެނެކެވެ.

ބަރްޒައިތު ޔުނިވަރސިޓީން ޤާނޫނީ ޑިގްރީ ނިންމުމުގެ ކުރިން، މިއަހަރުގެ ކުރީކޮޅު ޝަދެން ވަނީ އިސްރާއީލުގެ ސިއްރު ފުލުހުން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރުމަށްފަހު ތަޙްޤީޤަށް ގެންގޮސް، ފަސް ދުވަހުގެ މުއްދަތަށް ގޭ ބަންދުގައި ބޭންދިއެވެ. ނަމަވެސް ހަތަރު ދުވަސް ފަހުން އިސްރާއީލު އޮކިއުޕޭޝަން ފޯސްއިން ވަނީ ޝަދެންގެ ގެއަށް ވަދެ، އޭނާގެ ފޯނާއި ލެޕްޓޮޕް އަތުލައި، ސޯޝަލް މީޑިއާގައި އިސްރާއީލާ ދެކޮޅަށް ވާހަކަދެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

އިސްރާއީލުގެ ހައްޔަރުކުރުމުގެ ސިޔާސަތަކީ ޝަދެންއަށް އައު ކަމެއް ނޫނެވެ. އޭނާގެ ކާފަ މޫސާ އާއި ބޮޑުބޭބެއިންނަކީވެސް 1948 އިން ފެށިގެން ހައްޔަރުކުރެވުނު އެއް މިލިއަނަށްވުރެ ގިނަ ފަލަސްތީނު ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން ބައެކެވެ. ފަލަސްތީނުގެ ރައްޔިތުންނާމެދު އޮޓަމެޓިކުން ޝަރީއަތް ކުރެވެނީ އިސްރާއީލުގެ މިލިޓަރީ ކޯޓުތަކުގައެވެ. މި ކޯޓުތަކުގައި ފަނޑިޔާރުންނާއި ދަޢުވާކުރާ ފަރާތްތަކަކީ ސިފައިންކަމުން، އިންސާފު ލިބުމަކީ ނާދިރު ކަމެކެވެ.

ޝަދެންގެ މައްސަލައިގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނިކޮށް، އެ ދުވަހުގެ ހެނދުނު އޭނާގެ ގޭގައި އަލިފާން ރޯވެ، އޭނާގެ ބައްޕަ ނިޔާވިއެވެ.

އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ވަނީ ހަރުކަށި އަދަބު ދިނުމާއި، މީހުން ހައްޔަރުކުރުމާއި، އަލ ސިޔާސަތުތައް އިތުރަށް ހަރުކަށިކޮށްފައެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާގައި ޣައްޒާގެ ޝަހީދުންނާއި ދިރިތިބި މީހުންނާ މެދު ހަމްދަރުދީވުން މަނާކުރުމާއި، ހައްޔަރުކުރެވޭ މީހުން ދޫކޮށްލާއިރު އުފާކުރުން މަނާކުރުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު