26 އެޕްރީލް 2025

ފިޠުރު ޢީދު ދުވަހަށް ވާނީ 31 މާޗް ވާ ހޯމަ ދުވަސް: ޑރ. ޙަސަން ހަމީދު

1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނީ 31 މާޗް ވާ ހޯމަ ދުވަސް ކަމަށް ދިރާސާކުރައްވާ ޢިލްމުވެރިޔާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ޙަސަން ހަމީދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ޑރ. ޙަސަން ހަމީދުގެ ބުލްގްގައި ޝާއިޢުކުރެއްވި ދިރާސީ މަޒުމޫނު ގައެވެ.

މި ރަމަޟާން މަސް ފެށުނީ މާޗް 1 ވަނަ ދުވަހުއެވެ. އެއީ ސަޢޫދީ އަރަބިއްޔާއަށް ހަނދު ފެނިގެންނެވެ. ޑރ. ހަމީދު ވިދާޅުވި ގޮތުގައި ފެބްރުއަރީ 28 ވަނަ ދުވަހު ރާއްޖެއަށް ހަނދު ފެނުމުގެ ފުރުސަތު އޮތް ނަމަވެސް، އެދުވަހު ވިއްސާރަވުމުގެ ސަބަބުން ހަނދު ފެނިފައެއް ނުވެއެވެ.

ޑރ. ހަމީދު ވިދާޅުވި ގޮތުގައި އައު ހަނދު އުފަންވަނީ މުޅި ދުނިޔެއަށް އެއް ހިނދެއްގައެވެ. އެހެނީ ހަނދަކީ ދުނިޔެ ވަށައިގެން އެނބުރޭ ސެޓެލައިޓެއް ކަމަށް ވެފައި، މަދުވެގެން މަހަކު އެއްފަހަރު، އިރާއި ހަނދާއި ދުނިޔެ އެއްއުއި ވާތީއެވެ.

އެކި ޤައުމުތަކަށް އިރު އަރަނީ އެކި އިރުގައި ނަމަވެސް، އައު ހަނދު އުފަންވަނީ ހުރިހާ ޤައުމަކަށް އެއް ހިނދެއްގައި ކަމަށް ޑރ. ހަމީދު ވިދާޅުވިއެވެ.

ހަނދު ފެނުމުގައި މޫސުމީ ޙާލަތުގެ އިތުރުން އެހެނިހެން ކަންކަމުގެ ސަބަބުން ވެސް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ޑރ. ހަމީދު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ޖައްވުގެ ސާފުކަމާއި، ބަލަން ހުންނަ މީހާގެ ލޮލުގެ ފެނުމުގެ ފެންވަރު ހިމެނެއެވެ.

"ފިޠުރު ޢީދު ދުވަހަކަށް ވާނީ 31 މާޗް 2025 ވާ ހޯމަ ދުވަހެވެ." ޑރ. ޙަސަން ޙަމީދު ވިދާޅުވިއެވެ.

ޑރ. ޙަސަން ޙަމީދު މިހެން ވިދާޅުވެފައިވާއިރު، ފަލަކީ ޢިލްމުވެރިޔާ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ މިއަހަރުގެ ފިޠުރު ޢީދަށް ވުމުގެ ފުރުޞަތު ބޮޑީ މާޗްމަހުގެ 30 ވަނަ ދުވަހަށް ކަމުގައެވެ.

މާޗް 30ވާ އާދިއްތައަކީ އީދު ދުވަހަށް ވާނެކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ: ރައީސް މައުމޫން

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މާ މޮޅުމީހަކަށް ވެގެން ތީދެން ކާކު؟ ޜަނގަޅަށް ފަލަކީ އިލްމު ތިހުރީ ކިޔެވިފަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު