26 އެޕްރީލް 2025

ނަހުލާގެ "ސޮރީ"ގެ ޓްރެއިލަރ ދައްކާލައިފި

މަޝްހޫރު ޕްރޮޑިއުސަރ ފާތިމަތު ނަހުލާގެ އައު ފިލްމު "ސޮރީ" ގެ ރަސްމީ ޓްރެއިލަރ ރޭ ބޭއްވި ޚާއްސަ އިވެންޓެއްގައި ނެރެފިއެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި މި އިވެންޓުގައި ފިލްމުގެ ރަސްމީ ޕޯސްޓަރާއި ލަވަތަކުގެ އޯޑިއޯ އަލްބަމްވެސް ވަނީ ނެރެފައެވެ.

ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ ފަދަ ތަރިން ފެނިގެންދާނެއެވެ.

"މިފިލްމަކީ، ރާއްޖޭގެ ފިލްމު ބެލޭ އުމުރުފުރާގެ ހުރިހާ އެންމެން، މައިން ދަރިން ގޮވައިގެން އައިސް ބަލަން ޖެހޭ ފިލްމެއް. ވަރަށް އިބްރަތްތެރި، ދަރިންނަށް ދައްކަން މަޖުބޫރު ފިލްމެއް މިއީ،" ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ މިއީ ރާއްޖޭގައި ބޮޑުވެފައިވާ އިޖުތިމާޢީ މައްސަލައަކާ ގުޅޭ ފިލްމެއް ކަމަށެވެ.

ފިލްމުގެ ފުރަތަމަ ޕްރޮމޯޝަނަލް ހަރަކާތުގައި ބައިވެރިވި ތަރިން ބުނީ މިއީ "ރޮއްވާލާނެ" ފިލްމެއް ކަމަށެވެ. "ސޮރީ" ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 17 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު