އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކުރެއްވުމަށް އިޤްތިޞާދީ ވަޒީރު ތުރުކީވިލާތަށް، ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކުރެއްވުމަށް އިޤްތިޞާދީ ވަޒީރު ތުރުކީވިލާތަށް

ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ތުރުކީއަށް ފުރާވަޑައިގަންނަވައިފިއެވެ.

އިޤްތިޞާދީ ވަޒީރު ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ވިޔަފާރިވެރިންގެ އިތުރުން ތުރުކީވިލާތުގައިގައި ޤާއިމްވެފައި ތިބި ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ތުރުކީވިލާތަށް ކުރައްވާ ދަތުރުފުޅުގައި އިޤްތިޞާދީ ވަޒީރުގެ އިތުރުން އެ ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެރިވެ ވަޑައިގަންނަވައެވެ.

ވަޒީރުގެ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ވިޔަފާރީގެ ދާއިރާއިން ދެ ޤައެމުގެ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެކަންތައްތަކުގެ އިތުރުން އައު އިންވެސްޓްމެންޓުގެ ފުރުސަތުތައް ފަހިކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ވަޑައިގެންނެވި ޤައުމަކީ ތުރުކީވިލާތެވެ. އަދި ތުރުކީވިލާތާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން ދަނީ ގުޅުން ބަދަހިވަމުންނެވެ. އަދި ރާއްޖޭގެ އެކި ދާއިރާތައް ތަރައްޤީކުރުމަށް ތުރުކީވިލާތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު