13 ނޮވެންބަރު 2025
މޯލްޑިވްސް ޕޮލިސް ސާވިސްގެ މައި އިދާރާ، ޙުސައިން އާދަމް ބިލްޑިންގ

ހުޅުމާލެއިން ވަގަށްނެގި ކާރެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި

ހުޅުމާލެއިން ވަގަށްނެގި ކާރެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި ވަގަށްނެގި ކާރެއް ފުލުހުން ވަނީ ހޯދައި، އެ ކާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ އެޕްރީލް 13 ވަނަ ދުވަހުގެ ރޭ 11:50 އެހައިކަށްހާއިރު ހުޅުމާލެ ފިތުރޯނު މަގުގައި ޕާކުކޮށްފައި އޮތް ކާރެއް ގެއްލިގެންނެވެ. ކާރުގެ ވެރިފަރާތުން މައްސަލަ ހުށަހެޅިއިރު، ކާރު ޕާކުކުރިތާ އެއް ގަޑިއިރާއި 25 މިނެޓު ފަހުން ކާރަށް އަރަން ދިޔައިރު، ކާރު ޕާކުކުރި ތަނުގައި ކާރު ނެތްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ކާރުތެރޭގައި ރިމޯޓު ބޭއްވިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ސީސީޓީވީ ފުޓޭޖު ބެލިބެލުމުން، އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެންދާ މަންޒަރު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ކާރު އޮތް ސަރަހައްދު ދެނެގަނެ، ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު ކާރުގައި އެއްވެސް މީހަކު ނެތްކަން ފާހަގަކުރެވުނެވެ.

ކާރު ފެނުމާ ގުޅިގެން، ކާރުގެ ވެރިފަރާތް އެ ސަރަހައްދަށް ހާޒިރުކޮށް، ވެރިފަރާތުގެ ހާޒިރުގައި ކާރު ޗެކުކުރެވުނު ކަމަށާއި، ޗެކުކުރުމުން ކާރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވިނަމަވެސް، ކާރުތެރޭގައި ބާއްވާފައި އޮތް ރިމޯޓު ގެއްލިފައިވާކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ. އަދި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު