16 ޖަނަވަރީ 2026

ޣައްޒާގެ އަލް-އަހްލީ ޢަރަބި ހޮސްޕިޓަލަށް އިސްރާއީލުން ޙަމަލާއެއް ދީ، އެ ތަން ސުންނާފަތިކޮށްލައިފި

ޣައްޒާގެ އުތުރުގައި ހުރި އަލް-އަހްލީ ޢަރަބި ހޮސްޕިޓަލަށް އިސްރާއީލު ސިފައިން ނިރުބަވެރި ޙަމަލާއެއް ދީ، އެ ތަން ބަންދުކުރުމަށް މަޖުބޫރުކޮށްފިއެވެ. މިއީ އެ ސަރަހައްދުގައި ފުރިހަމައަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުން ދިޔަ ހަމައެކަނި ހޮސްޕިޓަލެވެ.

ޙަމަލާގެ ސަބަބުން ހޮސްޕިޓަލުގެ އެމަރޖެންސީ އަދި ރިސެޕްޝަން ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހޮސްޕިޓަލު ހުސްކުރުމުގެ މަސައްކަތުގައި އެއް ކުޑަކުއްޖަކު ޝަހީދުވިއެވެ. މި ޙަމަލާއަކީ އޮކްޓޫބަރު 7 އިން ފެށިގެން މި ހޮސްޕިޓަލަށް ދީފައިވާ ފަސްވަނަ ޙަމަލާއެވެ.

ދުވާލަކު 1,000 އަށްވުރެ ގިނަ ބަލިމީހުންނަށް ޚިދުމަތް ދެމުންދިޔަ މި ހޮސްޕިޓަލުގެ ޚިދުމަތްތައް މެދުކެނޑުމާ ގުޅިގެން، ބައެއް ބަލިމީހުން އެހެން ހޮސްޕިޓަލުތަކަށް ބަދަލުކުރެވުނު ނަމަވެސް، އަދިވެސް 40 ވަރަކަށް ބަލިމީހުން ބަދަލު ނުކުރެވި ތިބިކަން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.

މި ޙަމަލާއަކީ ޣައްޒާގެ މުސްލިމުންނަށް ޞިއްޙީ ފަރުވާ ލިބޭނެ މަގު ބަންދުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށްވާއިރު، މި ޙަމަލާ ވަނީ އިނގިރޭސިވިލާތް، ޤަޠަރު އަދި ސަޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު