ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީންކުރުމުގެ ސްކޮލަރޝިޕް 100 ދަރިވަރަކަށް ދިނުބް، ފޮޓޯ: ޕީއެސްއެމް ނިއުސް

ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީންކުރުމުގެ ސްކޮލަރޝިޕް 100 ދަރިވަރަކަށް ދީފި

ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ހުޅުވާލި ސްކޮލަރޝިޕް 100 ދަރިވަރަކަށް ހަވާލުކޮށްފިއެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ހައިދަރު ވިދާޅުވީ އެވުޒާރާގެ އެންމެ މުހިންމު އެއް އަމާޒަކީ ބިދޭސީން މަސައްކަތް ކުރަމުންދާ ދާއިރާތަކަށް ދިވެހިން ތަމްރީންކުރުންކަމަށެވެ.

"މިހާތަނަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވެފައިވާ ދާއިރާތަކުން މީހުން ބިނާކުރުމަކީ، ކުރިމަގަށް ކުރެވޭ އިންވެސްޓްމެންޓެއް." ވަޒީރު ވިދާޅުވިއެވެ.

މިވޭތުވެ ދިޔަ އަހަރުތަކުގައި ގިނަ އަދަދެއްގެ ސްކޮލަރޝިޕް ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާކަމަށާއި، ނަމަވެސް ސްކޮލަރޝިޕްގެ ދަށުން ތަޢުލީމް ހާސިލްކުރަން ފަށާ ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރަނީ މަދު ދަރިވަރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިފަހަރު ސްކޮލަރޝިޕް ލިބުނު ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. މިސްކޮލަރޝިޕް ލިބުނު ދަރިވަރުން ވަނީ އެކައުންޓިން ދާއިރާއިން މި ލިބުނު ދަރިވަރުން ބުނީ މިސްކޮލަރޝިޕްތަކަކީ ފައިދާހުރި އަދި ގިނަ ފުރުސަތުތަކަކަށް މަގުފަހިވާނެ ސްކޮލަރޝިޕްތަކެއް ކަމަށެވެ.

އެކައުންޓެންޓުން ތަމްރީންކުރުމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލި ސްކޮލަރޝިޕްތަކަށް ހޮވުނު ދަރިވަރުންނަށް، ފަންނީ ގޮތުން ބޭނުންވާނެ އެހީތެރިކަން ސީއޭ މޯލްޑިވްސްގެ ފަރާތުން ފަހިކޮށްދޭނެ ކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.

ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ސަރުކާރުން ސްކޮލަރޝިޕް ފުރުސަތު ހުޅުވައި ދަރިވަރުން ހޮވާފައިވާއިރު މީގެ ކުރިންވެސް މިފަދަ ސްކޮލަރޝިޕްތައް ވަނީ ދީފައެވެ. އެގޮތުން މިއަހަރުދިން ސްކޮލަރޝިޕްތަކާއެކު މިހާތަނަށް މިދާއިރާއިން 500 ސްކޮލަރޝިޕް ފުރުސަތު ފަހިކޮށްދީފައިވާކަން ސީއޭ މޯލްޑިވްސްއިން ވަނީ ފާހަގަކުރައްވާފައެވެ.

މިސްކޮލަރޝިޕްތައް ހަވާލުކުރުމަށް ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދުއެވެ. މި ރަސްމިއްޔާތުގައި އެވުޒާރާގެ އިސްވެރިންނާއި، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު