އެމްޓީސީސީން ނ. މަނަދޫގައި 4 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

އެމްޓީސީސީން ނ. މަނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ 4 މުހިންމު މަޝްރޫޢެއްގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް، ކުޑަކުދިންގެ ޕާކެއް، ފިޓްނެސް އެންޑް އައުޓްޑޯ ޖިމެއް އަދި ރިކްރިއޭޝަން ސެންޓަރެއް ހެދުމުގެ މަޝްރޫޢުތަކެވެ.

މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުފުޅުގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫޢުތަކެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ގިނަ މަޝްރޫޢުތައް ނުފެށި ނުވަތަ ހުއްޓިފައިވާ ހާލަތުގައި، މިފަދަ މަޝްރޫޢުތަކެއް އަވަސް ހައްލެއް ގެނައުމުގެ ގޮތުން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

3,000 މީހުންގެ އާބާދީއެއް ދިރިއުޅޭ ނ. މަނަދޫގައި މި މަޝްރޫޢުތައް ފުރިހަމަވުމުން، ރަށުގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުންފުންޏެކެވެ. އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު