26 އެޕްރީލް 2025
"ދާރުލް އަރްޤަމް" ގެ ކުރެހުމެއް، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ވަޤުފު އިމާރާތްތައް ތަރައްޤީކުރަން ބީއެމްއެލް އިސްލާމިކުން 350 މިލިޔަން ރުފިޔާގެ ލޯނު ދެނީ

މާލޭ ސަރަޙައްދުގައި ސަރުކާރުން ތަރައްޤީކުރާ ވަޤުފު އިމާރާތްތަކުގެ މަޝްރޫޢަށް ބީއެމްއެލް އިސްލާމިކްއިން 350 މިލިޔަން ރުފިޔާގެ ލޯން ދިނުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ވަޤުފް ފަންޑު ތަރައްޤީކުރުމާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމަވާއި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އިޢުލާންކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި، މާލޭ ސަރަޙައްދުގައި ސަރުކާރުން ތަރައްޤީކުރާ ވަޤުފު އިމާރާތްތަކުގެ މަޝްރޫޢަށް ބީއެމްއެލް އިސްލާމިކްއިން 350 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ނިންމާފައިވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކުގެ ތެރެއިން މުހިންމު އެއް ވަޢުދު ކަމުގައިވާ ވަޤުފު ފަންޑުގެ މަޝްރޫޢުތައް ފުޅާކުރުމުގެ މަސައްކަތެކެވެ.

އިސްލާމީ ވަޤުފް ފަންޑު ތަރައްޤީކުރުމާ ގުޅޭ މުހިންމު ނިންމުންތަކުގައި ސޮއި ކުރުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީ ވަޤުފު ފަންޑު ތަރައްޤީކުރުމުގެ ގޮތުން، "ދާރުލްއީމާން" އިމާރާތަކީ އިސްލާމީ ވަޤުފު ފަންޑުގެ އެސެޓެއްކަމުގައި ކަނޑައަޅައި، އެތަނުން ލިބޭ ނަފާ މިސްކިތްތަކަށް ޚާއްޞަކުރުމަށް ނިންމާފައިވެއެވެ. އަދި އަލަށް އިމާރާތްކުރާ "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް" އިން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރުވުމަށް އެހީވާ ވަޤުފު ފަންޑަށް ކަނޑައެޅުމަށްވެސް ނިންމާފައިވެއެވެ.

މީގެއިތުރުން، ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑުގައި 15 މިލިޔަން ރުފިޔާގެ ކޭޝްވަޤްފު އުފެއްދުމަށާއި، ޒަކާތު ހައުސްގެ ޒަކާތު ފަންޑާ ގުޅިގެން "ދާރުއްސަލާމް" އާއި "ދާރުލް އަރްޤަމް" ތަރައްޤީކުރުމަށް ނިންމާފައިވެއެވެ. މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް އަވަހަށް ފެށި، ނިމުމުން އިސްލާމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު