26 އެޕްރީލް 2025
ރާއްޖޭގެ ވިޔަފާރި ބަނދަރު. ފޮޓޯ: އެމްޕީއޭލް

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 9 އިންސައްތަ އިތުރުވެއްޖެ

މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 350 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްއިން ހާމަކޮށްފިއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މާރިޗު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.4 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އެއްވަރުގެ އަދަދެކެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ އިން ކަމަށްވާއިރު، އެ ޤައުމުން 1,337 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

އެކްސްޕޯޓުގެ ދާއިރާއަށް ބަލާއިރު، މިދިޔަ މަހު ރާއްޖެއިން 204 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރި 124 މިލިއަން ރުފިޔާއާ އަޅާބަލާއިރު 65 އިންސައްތައިގެ އިތުރުވުމެކެވެ. އެކްސްޕޯޓުކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. އެގޮތުން ތައިލެންޑަށް 118 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، އިނގިރޭސިވިލާތަށް 42 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. އެކްސްޕޯޓްކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ކަޅުބިލަމަހުން އުފައްދާ މަސްދަޅައެވެ. އެއީ 46 މިލިއަން ރުފިޔާގެ މުދަލެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު