ޣައްޒާގެ ހާން ޔޫނިސްގެ ހުޅަނގު ސަރަހައްދުގައި ހުންނަ ކުވެއިތު ފީލްޑް ހޮސްޕިޓަލުގެ ގޭޓަށް އިސްރާއީލުން އެއަރ ސްޓްރައިކެއް ދިނުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
މި ހަމަލާ ދިން ވަގުތު، އިސްރާއީލުގެ އަސްކަރިއްޔާގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އިހުތިޖާޖުތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ނޭވީގެ 500 އޮފިސަރުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގައި ހަނގުރާމަ ހުއްޓާލުމަށާއި ހައްޔަރުކޮށްފައިވާ އިސްރާއީލީން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ.
ހަމާސްގެ ސްޕޯކްސްޕާސަން އަބޫ އުބައިދާ ވިދާޅުވި ގޮތުގައި، އިސްރާއީލީ ސިފައިން އީތަން އެލެގްޒެންޑަރ ބަންދުކޮށްފައި ތިބި ގްރޫޕާ ގުޅުން ކެނޑިފައިވަނީ އެ ސަރަހައްދަށް އިސްރާއީލުން ސީދާ ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.
ފަލަސްތީނުގެ ސިއްހަތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 51،000 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 116،343 މީހުންނަށް އަނިޔާވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މި ދަނޑިވަޅުގައި ހަމާސްއިން ދުނިޔޭގެ އެންމެހާ ރައްޔިތުންނަށް ގޮވާލާފައިވަނީ "ޣައްޒާ ކޯލްސް ޔޫ" ގެ ނަމުގައި ބާއްވާ ގްލޯބަލް ހަފްތާގައި ބައިވެރިވުމަށެވެ. އަދި ކުރިއަށް އޮތް ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހަކީ އިސްރާއީލާ ދެކޮޅަށް ދުނިޔެ ތެދުވާ ދުވަސްތަކެއްގެ ގޮތުގައި ހެދުމަށް ގޮވާލާފައިވެއެވެ.