ޕްރިންޓިންގގެ ޚިދުމަތް ދޭން "މެނީ" މާލޭގައި ހުޅުވައިފި؛ އުފެއްދުންތައް "ސަޅި"ވާނެ އިނގޭ!

ކުޅިވަރު ކުޅުމުގައި ބޭނުންކުރާ ހެދުންތަކާއި، އެހެނިހެން ޕްރިންޓިންގ ޚިދުމަތްތައް އެއް ތަނަކުން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން "މެނީ" ގެ ނަމުގައި އައު ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

މި ފިހާރައިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ފޮޓޯކޮޕީ، ޕާސްޕޯޓް ފޮޓޯ، ތަފާތު ސައިޒުގެ ޕްރިންޓިންގ، ފޮޓޯގްރަފީ، ލޭޒަރ ކަޓިންގ އަދި އެންގްރޭވިންގ، ފޮޓޯ ޕްރިންޓިންގ، ހައި ސްޕީޑް ސްކޭނިންގ، ގޯލްޑް ފޮއިލިންގ، ޓްރޮފީ ތައްޔާރުކުރުން، ޓީޝާޓް ޕްރިންޓިންގ، ލެމިނޭޓިންގ، ބައިންޑިންގ، 3ޑީ ޕްރިންޓިންގ، މެޓީރިއަލް ޕްރިންޓިންގ، ޑީޓީއެފް ޕްރިންޓިންގ، ވިނީލް ކަޓިންގ، ފޮޓޯ ޓްރާންސްފަރ އަދި ގްރެފިކްސް ޑިޒައިނިންގ ހިމެނެއެވެ.

15 އަހަރުން 40 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހުޅުވާފައިވާ މި ފިހާރައިން، އެކި ފެންވަރުގެ ޖާރޒީ މެޓީރިއަލްއާއި، ޓީޝާރޓް މެޓީރިއަލް ބޭނުންކޮށްގެން ކަސްޓަމަރުން އެދޭ ގޮތަށް ޖާޒީއާއި ޓީޝާޓް ކަސްޓަމައިޒްކޮށްދޭނެ ކަމަށް ބުނެއެވެ. އަދި އަގުތައް ވެސް ހުންނާނީ ކަސްޓަމަރުންނަށް އެކަށީގެންވާ އަގުތަކެއްގައި ކަމަށް އެ ފިހާރައިން ބުނެއެވެ.

އަދި އާންމު ހެދުމުގެ ގޮތުގައި ކެޝުއަލް ވެއަރ، ކަސްޓަމައިޒްކޮށްފައިވާ ކެޝުއަލް ޓީޝާޓް، ލިމިޓެޑް އެޑިޝަން ޓީޝާޓް، ފެޝަން އެޕެރަލް، ފިޝިންގ ވެއަރ އަދި އެކްޓިވް ވެއަރގެ ތައްޔާރުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ.

މި ފިހާރައަކީ މާލޭގެ ދެވިނަ މަގުގައި އަލަށް ހުޅުވި ފިހާރައެކެވެ.

މި ފިހާރައިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރާއްޖޭގެ ވިޔަފާރި މާހައުލުގައި ބޭނުންވެފައިވާ ޚިދުމަތްތަކެއް ކަމުގައި ފާހަގަކުރެވެއެވެ.

މި ފިހާރަ ހުޅުވިފައި ހުންނާނީ ހަފްތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 14:00 އަށާއި، ހަވީރު 16:30 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އޯޑަރު ކުރުމުގެ ފުރުސަތު ވެސް ލިބެން ހުންނާނެ ކަމަށް ފިހާރައިން މައުލޫމާތު ދެއެވެ. އަދި މި ފިހާރައިގެ ރަސްމީ ވެބްސައިޓް ވަރަށް އަވަހަށް ލޯންޗުކުރާނެ ކަމަށްވެސް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު