އިންޑޮނޭޝިއާގެ މަޝްހޫރު ތަރި ސެކާ އާރުމް ވިދާރާ (41) ޝޮޕިންގ މޯލްއެއްގައި ވަގު ފައިސާ ބޭނުންކުރި މައްސަލައިގައި ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.
ސައުތު ޖަކާޓާ ޕޮލިސް ސްޓޭޝަނުން މީޑިއާއަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ ސެކާ ހައްޔަރުކޮށްފައިވަނީ އޭޕްރިލް 2 ވަނަ ދުވަހު، ކެމަންގްގައި ހުންނަ ޝޮޕިންގ މޯލްއެއްގައި ވަގު ފައިސާ ބޭނުންކުރަން އުޅެނިކޮށް ކަމަށެވެ.
ފުލުހުންގެ ތަގުރީރުކުރާ ފަރާތުން ބުނެފައިވަނީ "ކޭޝިއަރު ފައިސާ ޔޫވީ ސްކޭނަރުން ޗެކްކުރުމުން އެއީ ވަގު ފައިސާކަން ވަނީ ފާހަގަކުރެވިފައި. އެހިސާބުން މުދާ ގަތުމުގެ މުއާމަލާތް ހުއްޓާލައި، ސެކިއުރިޓީ ގާޑުން ވަނީ ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައި" ކަމަށެވެ.
ސެކާ ހައްޔަރުކުރިއިރު އޭނާގެ ދަބަހުން 59،000 ރިންގިޓުގެ ވަގު ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭގެ ކުރިން އެހެން ފިހާރައަކުން މުދާ ގަތުމަށް ވަގު ފައިސާ ބޭނުންކޮށް ކާމިޔާބުވެފައިވާ ކަމަށާއި، އޭގެ ދެތިން ގަޑިއިރު ފަހުން އަނެއްކާވެސް އެތަނަށް ގޮސްފައިވާ ކަމަށް ވެއެވެ.
ނަމަވެސް އޭނާގެ ތިންވަނަ މަސައްކަތް ނާކާމިޔާބުވެފައިވަނީ (26.25 ރިންގިޓު 11 ވަގު ނޫޓު ބޭނުންކުރަން އުޅެނިކޮށް ހިފިފައިވާތީއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.