ސްޕޯޓްސް ފިޝިންގ ޓޫރިޒަމް އިޝްތިހާރުކުރުމަށް ގްލޯބަލް އެމްބެސެޑަރަކަށް ފްލައި ނަވާރޯ

ސްޕޯޓްސް ފިޝިންގް ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް، 30 އަހަރުގެ ތަޖުރިބާ ހުރި ފްލައި ނަވާރޯ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ. މިއީ ބައިނަލްއަޤްވާމީ ސްޕޯޓް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާޙައުލަށް ހުރި ޝައުޤުވެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ފްލައި ނަވާރޯގެ އެމްބެސެޑަރޝިޕްގެ ދަށުން ފުރަތަމަ ހަރަކާތެއްގެ ގޮތުން، ބުރުނުބޮމަ ގްލޯބަލް ފިޝިންގް މުބާރާތުގައި ބައިވެރިވާނެއެވެ. މި މުބާރާތަކީ ބައިނަލްއަޤްވާމީ އެންގްލަރުން ބައިވެރިވެ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިބަރު، ކަންނެލި އަދި ފިޔަލަ ފަދަ ބޮޑެތި މަސްތަކަށް އަމާޒުކޮށްގެން ބޭއްވޭ ވާދަވެރި މުބާރާތެކެވެ.

އެމްއެމްޕީއާރުސީން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ލިވަޕޫލް އެފްސީ އަދި މުމްބާއީ އިންޑިއަންސް ފަދަ ބޮޑެތި ކުޅިވަރު ޓީމުތަކާއެކު ޕާޓްނަރޝިޕް ޤާއިމުކުރުމާއި، ސޯޝަލް މީޑިއާ އިންފްލުއެންސަރުން މެދުވެރިކޮށް ރާއްޖެ ލަގްޒަރީ ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓްކުރުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު